ޚަބަރު
އައްޑޫ އާއި ފުވައްމުލަކާ ދެމެދު ފެރީގެ ހިދުމަތް އެމްޓީސީސީން ފަށަނީ

ޒަރޫރީ ބޭނުންތަކަށް އައްޑޫ އާއި ފުވައްމުލަކާ ދެމެދު ފެރީގެ ހިދުމަތް ދޭން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ސިއްހީ ހިދުމަތާ އެހެނިހެން ޒަރޫރީ ބޭނުންތަކަށް އައްޑޫސިޓީ އަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކުރުމުގެ ގޮތުން އެމްޓީސީސީ އާއި މަޝްވަރާކޮށްފައިވާ ކަމަށާއި އެގޮތުން އައްޑޫ އާ ފުވައްމުލަކާ ދެމެދު ހަފްތާއަކު 2 ފެރީ، މޮނިޓަރިން އުވާލެވެންދެން ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށް އެއިއުލާނުގައި ބުނެއެވެ.

އެހެންކަމުން އައްޑޫ އާ ފުވައްމުލަކާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ފުވައްމުލަކު އީއޯސީއިން ހުއްދަ ހޯދަން ޖެހެއެވެ. ހުއްދަ ލިބުމަށް ފަހު އެމްޓީސީސީ އިން ޓިކެޓް ނަގައިގެން، މާދަމާއިން ފެށިގެން ދަތުރު އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

މި ފެރީން ދަތުރުކުރައްވާއިރު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށަށް ދަތުރު ކުރުމުގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް އެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.