މާލެ އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ “ދަ ރިޓްޒް ކާރލްޓަން ސްޕާ” ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރު 12:29 ހާއިރު އެރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރިސޯޓުގެ ވޯޓާ ވިލާއެއްގައި ކަމަށްވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މައުލޫމާތު ދެއްވިއެވެ.
މިހާރު އެމްއެންޑީއެފް ގެ ފަޔަރ ޓީމް އެރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށާއި، ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރިސޯޓުގެ މެނޭޖްމަންޓުން އަންގާ ކަމުގައިވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމާއި އަދި އެއްވެސް ފަރާތަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ދެއްވާފައި ނުވެއެވެ.