ޚަބަރު
ނައިފަރުގައި ހަށިވިއްކުމުގެ ވިޔަފާރިއެއް

ޅ. ނައިފަރުގައި ހަށިވިއްކުމުގެ ވިޔަފާރީގެ ބޮޑު ނެޓްވޯކެއް ހިނގަމުންދާ ކަމުގައި އެރަށު ބައެއް މީހުން ތުހުމަތުކޮށްފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ “ވަގުތު” އިން އެރަށު ބަޔަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ އަތުން ފައިސާ ހޯދުމުގެ ބޭނުމުގައި ކުރަމުންދާ މިިވިޔަފާރީގައި އިސްކޮށް 3 ފަރާތަކުން އުޅެމުންދާ ކަމަށާއި، އެ ތިން މީހުންނާއިއެކު އެވިޔަފާރީގައި 15 ވަރަކަށް އަންހެނުން ޝާމިލްވާ ކަމަށެވެ.

އެގޮތުން އުމުރުން 65 އަހަރުން މަތީގެ ފިރިހެނުން ކައިރިއަށް ޒުވާން އަންހެން ކުދިން ވައްދައިގެން ކުރާ އެވިޔަފާރީގެ އަޑުތައް އެރަށުތެރޭގައި މަދުން ނަމަވެސް ދެކެވޭ ކަމަށާއި، ނަމަވެސް އެކަން އެއްވެސް މުއައްސަސާއެއްގެ ސަމާލުކަމަށް އައިސްފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އަދި އެވިޔަފާރި ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.

ނައިފަރުގެ ރައްޔިތަކާއި ހަވާލާދީ “ވަގުތު” ގައި ބުނެފައިވާ ގޮތުގައި، އެމީހުން ދަނީ 65 އަހަރުން މަތީގެ މީހުންނަށް ލިބޭ ފައިސާ “ފޭރެމުން” ކަމަށާއި ބައެއް މުސްކުޅިންނަށް ބިރުދައްކައިގެންނާއި، ބްލެކް މެއިލްކޮށްގެންވެސް އެކި ގޮތްގޮތުން ފައިސާ ހޯދަމުންދާ ކަމަށެވެ.

އޭގެ އިތުރުން ނައިފަރުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމީހުންނަށް ފިޔަވަޅު ނޭޅި ދަނީ ސިޔާސީ ނުފޫޒުއޮވެގެން ކަމަށާއި އެކަމަށް ހުރަސްއަޅާ މީހުންނަށް ތަފާތު އިންޒާރުތައް އެމީހުން ދެމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!