ޚަބަރު
ވެކްސިން ނުޖަހާ ދެވޭނެ ރާއްޖޭގެ8 ރަށެއް

ވެކްސިން ފުރިހަމަ ނުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ދެވޭނެ ރަށްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ދެވޭނެ ހެން ހަމަޖައްސާފައި ވަނީ ވަކި ޝަރުތު ތަކެއް ހަމަވާ ރަށްތަށް އެކަންޏެވެ.

މި ގޮތުން މި މަހު 21 ވަނަ ދުވަހު އާންމު ކުރި މި އުސޫލުގައިވާ ގޮތުން ގެސްޓްހައުސްތައް ހިންގާ ރަށްތަކަށް ފަތުރުވެރީންނަށް ދެވޭނީ، ވެކްސިން ޖެހޭ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމައެވެ. އަދި ޓުއަރިޒަމް ދާއިރާގައި އުޅޭ 95 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭއިރު މިރަށްތަކުގައި ދިރިއުޅޭ 65 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރި ހަމަ ކުރަން ޖެހެ އެވެ.

މި ހުރިހާ ޝަރުތެއް ފުރިހަމަ ވެފައިވަނީ 8 ރަށެއްގައެވެ. އެއީ   އއ. ތޮއްޑު، އއ. މާޅޮސް، އއ. މަތިވެރި، އދ. ހަންޏާމީދޫ، ކ. މާފުށި، އއ. ރަސްދޫ، އއ. އުކުޅަސްގެ އިތުރުން އދ. ދިގުރަށެވެ.

މީގެ ކުރިން ވަނީ ދަތުރުކުރުމުގެ 96 ގަޑި އިރު ކުރިން ހަދާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ރާއްޖެ އެތެރެވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ ގެސްޓްހައުސްކަށް ވެސް ދެެވޭނެ ގޮތަށް ހަމަޖައްސާފައެވެ.

މި އުސޫލުގެ ދަށުން ރާއްޖޭގެ ރަށެއްގެ ގެސްޓު ހައުސަކަށް އައިސްފި ނަމަ ޗެކްއައުޓް ވެވޭނީ ނެގަޓިވް ޕީސީއާރް ރެޒަލްޓާއި އެކުގައި ކަމަށް ވެސް އެޗްޕީއޭ އިން އެންމެ ފަހުން އާންމު ކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!