ވިލިނގިލީގައި ޖަމާވެފައި ހުރި ކުނިތަށް ސާފުކޮށްފިއެވެ.
ވިލިނގިލީގައި ޖަމާވެފައިވާ ކުނިތައް ސާފުކޮށްފައި ވަނީ ވެމްކޯއިންނެވެ. އެކުންފުނިން ވަނީ އެ ރަށުގައި ހުރި 800 ޓަނުގެ ކުނި ނައްތާލާފައެވެ. މި މަސައްކަތް ނިންމާލާފައިވަނީ 10 ދުވަހުން ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ވެމްކޯ އިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެކުންފުނިން، ވިލިގިއްޔަށް ޖަމާވެފައިވާ 800 ޓަނުގެ ކުނި 10 ދުވަހުގެ ތެރޭގައި ކްލިއަރ ކޮށްފައިވާ ކަމުގައެވެ.
ވެމްކޯ އިން ވިލިގިނލީގެ ކުނިތަށް ސާފުކޮށްފައިވާއިރު ނިމިދިޔަ މަސްތެރޭގައި ވެމްކޯ އިން ވަނީ ގދ. ތިނަދޫގެ ކުނި ކޮށި ސަރަހައްދަށް ޖަމާވެފައި ހުރި 8000 ޓަނުގެ ކުނި ސާފުކޮށް ނިންމާލާފައެވެ. މި މަސައްކަތް ވެމްކޯ އިން ނިންމާލާފައިވަނީ 90 ދުވަހުގެ ތެރޭގައެވެ.