ޚަބަރު
ވިލިނގިލީ ކައުންސިލުން ރައްޔިތުންނާއެކު ކާމިޔާބު ބައްދަލުވުމެއް

ވިލިނގިލީ ކައުންސިލުން އެ ރަށުގެ ރައްޔިތުންނާއެކު ކާމިޔާބު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް އެކައުންސިލުން ބުނެފިއެވެ.

4 ވަނަ ދައުރަށް އިންތިހާބުވެ ވަޑައިގެން ވިލިނގިލީގެ ކައުންސިލް މެމްބަރުން ރައްޔިތުންނާ ބައްދަލުކުރެއްވީ ރޭގެ ވަގުތެއްގައެވެ.

މި ބައްދަލުވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ވިކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ބައްދަލުވުމުގައި އެރަށުގެ ކައުންސިލު މެމްބަރުންގެ އިތުރަށް ގއ. އަތޮޅު ރައީސް އިބްރާހިމް ޝަހީން އާއި އެދާއިރާގެ މަޖިލީސް މެމްބަރު ސައުދު ހުސައިން ވެސް ބައިވެރިވެ ވަޑައިގަނެފައި ވެއެވެ.

މި ބައްދަލު ވުމާއި ގުޅިގެން އެކައުންސިލް އިދާރާއިން ކޮށްފައިވާ ޕޯސްޓުގައި މިއީ ވަރަށް ކާމިޔާބު ކަމާއެކު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބޭއްވިގެން ދިޔަ މުހިންމު ބައްދަލު ވުމެއް ކަމަށް ވަނީ ބުނެފައެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!