ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު މުލިއާގެ ކައިރިއަށް ދެމީހަކު ފޮށިގަނޑަކާއި ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެދެމީހުން ހިފަހައްޓާފައެވެ.
މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ދެ މީހުން ހައްޔަރުކުރި ނަމަވެސް އެތަނުން އެކަކު ވަނީ ހަމަ އެރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ. މި ވަގުތު ބަންދުގައި ހުރީ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާއެވެ.