ޚަބަރު
މާލޭގެ މަގުތަކުން ގިނަ ދުވަސްވީ އުޅަނދުތައް ނަގަނީ

މާލޭގެ މަގުތަކުގައި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދުތައް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ޢާންމުކުރި އިއުލާނެއްގައި ވަނީ، މިމަހުގެ 2 އިން ފެށިގެން  މާލޭ ސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި، ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު ފުލުހުންނާ ގުޅިގެން ނަގަމުން ދާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މާލޭ ސިޓި ކައުންސިލުން ކުރާގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލުކުރައްވާ ކަމަށެވެ.

އެ ސިޓީ ކައުންސިލުން ވަނީ އެހެން ހުންނަ އުޅަނދު ތައް ނެގުމުގައި އެ އުޅަނދަށް ވާ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވަނީ ބުނެފައިއެވެ. މީގެ ކުރިންވެސް މިފަދަ ބާ އުޅަނދު ފަހަރުތަކެއް މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުަތަކުން ނަގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!