ޚަބަރު
ޓީޓީއެމް މޯލްޑިވްސް މި އަހަރުވެސް

“ޓީޓީއެމް މޯލްޑިވްސް 2021” ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

ޓީޓީއެމް މޯލްޑިވްސްގެ 5 ވަނަ ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު 28 އިން 30 އަށެވެ.
މި ފެއާގައި 150 ޕްރޮޕަޓީ ޝޯކޭސް ކުރާނެ އެވެ. އަދި ތަފާތު 30 މާކެޓަކުން 200 ޓްރެވެލް ޓްރޭޑް ތަޖުރިބާކާރުން ބައިވެރިވާ އިރު މިފަހަރުގެ އިވެންޓްގައި ފިޒިކަލް ބައްދަލުވުންތަކާއި ވާޗުއަލް ހަރަކާތްތައްވެސް ކުރިއަށް ގެންދާގޮތައް ވަނީ ނިންމާފައެވެ.

މި އިވެންޓް އިންތިޒާމް ކުރާ ފަރާތުން ބުނި ގޮތުގައި މިފަަހަރުގެ ފެއާ ފިޒިކަލްކޮށް ބޭއްވި ނަމަވެސް މި އިވެންޓް ކުރިއަށް ދާނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށެވެ. އަދި “މެޓްޑެކް މޯލްޑިވްސް” މެދުވެރިކޮށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކެއް ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ.
މިދިޔަ އަހަރުގެ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު މަހުގެ 24 އިން 26 އަށް ފަތުވެރި ކަމުގެ ދާއިރާގެ 500 އަށް ވުރެ ގިނަ މީހުންނާއި އެކުއެވެ.

މިއީ މިފެއާ މެދުކެޑުމެއް ެނތި ބާއްވާތާ 5 ވަނަ އަހަރެވެ.

Comment