މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންކަން ބަލާނީ މާލޭ ސިޓީ ކައުންސިލުން ކަމުގައި ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާކަންކަން ދެން ބަލާނީ ސިޓީ ކައުންސިލުން ކަމަށެވެ.
މިގޮތުން މިހާރު އުޅަނދު ބާއްވާނެ ގަރާޖު ޗެކު ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ބަދަލުކޮށްފައިވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ހަމައެއާއެކު މާލެ އާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަންވެސް ޗެކު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ސިޓީ ކައުންސިލުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން ވަނީ މާލޭ ސިޓީ ކައުންސިލުން ވަނީ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަންގެ ރިސެޕްޝަން އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން އެޗްޑީސީ ބިލްޑިންގެ އިން މި ހިދުމަތްތަށް ދެމުން ގެންދާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އިން ވެސް މި ހިދުމަތް އެދޭފޯމް ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.