ޚަބަރު
ފުވަމުލަކުގެ ކަރަންޓާއި ފެނުގެ ހިދުމަތް ހުއްޓުމުަކަށް

ފުވައްމުލަކު ސިޓީއިން ކަރަންޓާއި ފެނުގެ ޚިދުމަތަށް ހުއްޓުމަކަށް އައިސްފިއެވެ.

ރޭ ފަތިހު ގާތްގަޑަކަށް 4.45 ހާކަށްއިރު މުޅި ފުވައްމުލަކުން ވަނީ ކަރަންޓާއި ފެނުގެ ހިދުމަތްމެދު ވަނީ ކެނޑިފައެވެ.

މިހާރު ބައެއް ހިސާބުތަކަށް ކަރަންޓްގެ ޚިދުމަތް ދެވިފައިވާ އިރު ފެނުގެ ޚިދުމަތް ކެނޑިފައިމިވަނީ ކުއްލިއަކަށް މުޅި ރަށުން ކަރަންޓް ދިއުމުގެ ސަބަބުންކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މިވަގުތު ކަރަންޓްގެ ޚިދުމަތް ޚިދުމަތް ފޯރުކޮށްދެވިފައިވަނީ ލޯވޮލްޓޭޖުގައި ބައެއް ސަރަހައްދުތަކަށެވެ.

ފުވައްމުލަކު ސިޓީއިން ކަރަންޓު ކެނޑިފައިމިވަނީ މިސިޓީގެ މައި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ފެނަކަ ފުވައްމުލަކު ގޮފިން ހާމަކުރެއެވެ. މިހާރު ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި މިކަމަށް 24 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވެދާނެ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ. ޓްރާންސްފޯމަރަކީ ބަރުދަނުގައި ގާތްގަނޑަކަށް 8-9 ޓަނު ހުންނާނެ ކަަމަށާއި އެހެންކަމުން ޓްރާންސްފޯމަރު ގެނައުމަކީ އުނދަގޫ ކަމެއް ކަަން ފެނަކައިން ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކުން މީގެ ކުރިން ވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވެއެވެ. އެމައްސަލަތަކަށް ހައްލެއް ހޯދުމަށް 2019 ވަނަ އަހަރު ފަހުކޮޅުގައިވަނީ ހައި ވޮލްޓޭޖް ކޭބަލާއި ޓްރާންސްފޯމަރުވެސް ފުވައްމުލަކަށް ގެނެވުނެވެ.

މީގެ އިތުރުން ފުވައްމުލަކު އިންޖީނުގޭގެ ޖާގައިގެ ދަތިކަމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އާ އިންޖީނުގޭގެ ބިންގާ ވަނީ މިދިޔަ އެޕްރީލް މަހު 8 ވަނަ ދުވަހު އަޅާފައެވެ.

ފުވައްމުލަކު އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ ސައީދު ވިދާޅުވީ އެއްމަސް ދުވަސްތެރޭ އާ އިންޖީނު ގޭގެ މަސައްކަތް ފެށި 18 މަސްދުވަސްތެރޭ ނިމޭނެކަމަށެވެ. މިއީ ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިއީ 260 މިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެކެވެ.

 

Comment