މަންދު ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިފަހަރުގެ އިންޓޭކްގައި ޖުމްލަ 37 ކޯހަކަށް، ސެޓްފިކެޓް ލެވެލް 3 އިން މާސްޓާސް އަށް ވަނީ ހުޅުވާލެވިފައެވެ.
މަންދުކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގައި ފެއްޓުމަށް ހަމަޖެހިފައިވާ ކޯސްތައް ޖުމްލަގޮތެއްގައި އަމާޒު ކުރެވިފައިވަނީ ތިރީގައިވާ ދާއިރާތަކަށެވެ.
- ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް
- ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ
- ޓީޗިން- ޕްރައިމަރީ، މިޑްލް ސްކޫލް އަދި ސެކަންޑްރީ
- އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ކޮމްޕިއުޓަރ ސައިންސް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ސްޕެޝިއަލް ނީޑްސް އެޑިއުކޭޝަން
- ހިއުމަން ރިސޯސަސް
- އެކައުންޓިންގ އެންޑް ފައިނޭންސް
- އެޑިއުކޭޝަނަލް ލައިބްރޭރިއަންޝިޕް
ސަރުކާރުގެ ހިލޭ ޑިގްރީގެ ޕްރޮގްރާމްގެ ދަށުން މަންދު ކޮލެޖްގައި ކިޔެވުން ކުރިޔަށް ގެންދެވޭނެއެވެ. މީގެ އިތުރުން، މަންދު ކޮލެޖްގައި ކުރިޔަށް ގެންދާ ހުރިހާ ޕްރޮގްރާމްތަކަކީވެސް، އެމް. ކިއު. އޭ ޤަބޫލުކުރާ ކޯސްތަކެކެވެ. ކޯސްތަކަށް އެޕްލައިކުރެވޭނީ ކޮލެޖްގެ ވެބްސައިޓް http://www.mandhucollege.edu.mv މެދުވެރިކޮށެވެ. އަދި ސެޕްޓެމްބަރ އިންޓޭކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 9750055 އާއި ގުޅުއްވުމަށް މަންދު ކޮލެޖުން އިރުޝާދު ދެއެވެ.
މަންދު ކޮލެޖަކީ މެދުކެނޑުމެއްނެތި، 20 އަހަރު، ކަނޑު ހުރަސްކޮށް ތަޢުލީމު ސީދާ ރަށަށް، ރާއްޖޭގެ ފުރަތަމަ އަމިއްލަ ވާޗުއަލް ކެމްޕަހެއް ބޭނުންކޮށްގެން ކާމިޔާބު ކަމާއެކު، ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކޮލެޖެވެ.