ހުޅުމާލޭގައި ޕާކިންގ ބިލްޑިންގ އެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި، ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކުކުރުމަށްޓަކައި ހަދަން ހަމަޖެހިފައިވާ ޕާކިންގ އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ.
މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މި ޕާކިން އިމާރާތުގައި މަދުވެގެން 500 ވެހިކަލް ޕާކުކުރެވޭގޮތަށް ހަދާއިރު މިހާރު މި ޕާކިން ބިލްޑިން ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށެވެ.
ހުޅުމާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ތަނަކަށްވާއިރު ޕާކިންގެ މައްސަލައަކީ މުޅި މާލެ ސަރަހއްދުގައި ބޮޑުވެފައިވާ މައްސަލައެކެވެ.