ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިނަލްއަގްވާމީ ބައިވެރިންނާ އެކު މަޝްވަރާ ކުރައްވައިފި އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުރިޔަށް ބައްދަލުވުމުގައި ލަންކާގައި ގާއިމުވެ ތިބޭ ބައިނަލްއަގްވާމީ އެކިއެކި ފަރާތްތަކާއެކު ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ވަކިވަކިން ބައްދަލުކުރެއްވި އެވެ.
މި މަޝްވަރާ ކުރިއަށް ގެންގޮސްފައި މިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ގްލޯސްގޯގައި އޮންނަ ކޮޕް 26 އަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މި ބައްދަލުކުރެއްވުންތަކުގައި ސަބްރާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދެއް ކުމުގެ އތުރަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި އެޑެޕްޓޭޝަންގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމާއި އެޑެޕްޓޭޝަނަށް ހުރި ފުރުސަތާ ގުޅޭ މައުލޫމާތު ލިބޭގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުން ތަކުގައި ސަބްރާގެ އިތުރަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.