ޚަބަރު
މާލޭގެ މަގުތަކުގައި ހަލާކުވެފައިވައި ތިބި އުޅަނދުތަށް ނެގުމުގެ މަސައްކަތް ފަށައިފި

މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މައްޗަންގޮޅި ފާށަނާ ކިލެގެފާނު މަގުގައި ހުރި ހަތަރު ފުރޮޅުލީ އުޅަނދު ނެގުމުގެ މަސައްކަތް ފަށާފައިވާއިރު، ދެ ފުރޮޅުލީ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ފަށާފައިވަނީ މައްޗަންގޮޅި ނިކަގަސްމަގުންނެވެ.

މި މަސައްކަތުގައި އަމަލީ ގޮތުން މާލެ ސިޓީ ކައުންސިލުން ފުލުހުންނާއި ގުޅިގެން ކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މި ކަމަށް ކުރި ސަރވޭ ކުރުމަށް ފަހު އެ ރިޕޯޓްތަކުން ދައްކާ އުޅަނދުތައް ނެގުމަށް ނިންމާފައެވެ. 22 ޖޫން 2021 އިން 27 ޖޫން 2021 އަށް ހެދި ސާރވޭ ރިޕޯޓްގައިވާގޮތުން ގަލޮޅުން 20 އުޅަނދު، މައްޗަންގޮޅިން 43 އުޅަނދު، ހެންވޭރުން 34 އުޅަނދު އަދި މާފަންނުން 62 އުޅަނދު ނައްތާލަންޖެހޭނެއެވެ.

މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު ނަގާނެ ވާހަކަ މީގެ ކުރިން ވެސް އެ ސިޓީ ކަައުންސިލުން ވަނީ އަންގާފައެވެ. އަދި މި ގޮތަށް އުޅަނދު ނަގާއިރު އެއުޅަނދުތަކަށް ވާ ގެއްލުމަށް ސިޓީ ކައުންސިލުން ޒިންމާ ނުނަގާނެ ކަން މީގެ ކުރިން ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!