ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށް ފެނެކަ ކޯޕަރޭޝަނުން ދެންމެ ބުނެފި އެވެ.
މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ފުވައްމުލަކުގައި ރޭ ފަތިހު 4:45 ހާއިރުން ފެށިގެން ވަނީ ފެނާ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.
އެރަށުގެ 80 ޕަސެންޓް ގޭބިސީއިން ފެނާ ކަރަންޓު ކެނޑުނު ނަމަވެސް ފެނަކައިގެ ފުވައްމުލަކު ބްރާންޗުން ބުނެފައި ވަނީ އެ މައްސަލަތަކަށް ހައްލު ވަގުތީ ގޮތުން ހޯދައިދީފައިވާނެ ކަމަށެވެ. ފުރިހަމަ ހައްލެއް ހޯދައިދެވެން ދެން ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަންކަމަށް ކަރަންޓް ބޭނުން ކުރުމަށް ފުވައްމުލަކު ރައްޔިތުންގެ ކިބައިން ވަނީ އެދިފައެވެ.