ޚަބަރު
ފިޔޯރީ ޕޮލިސް ސްޓޭޝަންގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ބައި މިލިއަން ރުފިޔާ އެބަހުރި: ކައުންސިލް ރައީސް

ގދ ފިޔޯރީ ޕޮލިސް ސްޓޭޝަން ހިންގުމަށް ދޫކުރެވިފައިވާ އިމާރާތުގެ ކުލީގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބަހުރި ކަމަށް ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެއްޖެއެވެ.

ފައިޒަރު ވިދާޅުވީ، ފިޔޯރީ ޕޮލިސް ސްޓޭޝަން ހިންގުމަށް 2014 ވަނަ އަހަރުން ފެށިގެން ފިޔޯރީ ރައްޔިތުންގެ ރަށްވެހިގެ ކުއްޔަށް ދީފައިވާ ކަމަށާއި، ފުރަތަމަ 1 އަހަރު ހިލޭ އަދި 2015 ގެ ޖެނުއަރީއިން ފެށިގެން މަހު ކުލީގެ ގޮތުގައި 8500 (އަށްހާސް ފަސްސަތޭކަ ރުފިޔާ) ކުލި ދައްކަން ޖެހޭ ގޮތަށް ހަވާލު ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ފައިސާއެއް ކައުންސިލަށް ލިބިފައި ނުވާކަމަށާއި، މިހާރު ދައްކަން ޖެހޭ ކުލީގެ އަދަދު ބައިމިލިއަނަށްވުރެ ބޮޑު ކަމަށް ފައިޒަރު ވިދާޅުވިއެވެ.

ފައިޒަރު އިތުރަށް ވިދާޅުވީ މިކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އާއި ބައްދަލު ކުރެވި ވާހަކަ ދެކެވިފައިވާ ކަމަށާއި، އެއިރުވެސް މިނިސްޓަރ ވަނީ އިމާރާތުގެ ކުލި ހަމަޖެހިފައިވާ އުސޫލުން ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

އެއީ ރައްޔިތުންގެ އިމާރާތެއް. ރަށްވެހިގޭގެ މަރާމާތަށްވަނީ 3 ލައްކަ ރުފިޔާ ހަރަދު ކުރެވިފައި. ޕޮލިސް ސްޓޭޝަން ހިންގަން އިމާރާތް ހަވާލު ކުރެވުނީވެސް އެހަރަދުކޮށްފަ: ފިޔޯރީ ކައުންސިލް ރައީސް ފައިޒަރު ރަޝީދު

ފައިޒަރު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސްޓޭޝަންއަށް އެއިމާރާތް ކުއްޔަށް ދޫކުރިއިރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އިމާރާތް ހަވާލުކުރެވުނު ކަމުގެ ލިޔުން އޭރުގެ ރީޖަނަލް ޕޮލިސް ސްޓޭޝަންއާ ހަވާލު ކޮށްފައިވާ ކަމުގެ ލިޔެކިއުންތައް ކައުންސިލްގައި އެބަހުރި ކަމަށާއި، އެހެން ނަމަވެސް ފިޔޯރީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސްޓޭޝަނާއި ދެމެދު، މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން އެގްރީމަންޓެއް ހެދިފައި ނުވާކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިޝަލަކު ވިދާޅުވީ، ފިޔޯރީގައި ހުރި ޕޮލިސް ސްޓޭޝަންގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާތަކެއް ނުލިބިގެން ފިޔޯރީ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!