ތިނަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުލް މުޣުނީ އާއި، ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު އަލީ ގެ އިތުރުން ތިނަދޫ މުއައްސަސާ ތަކުގެ އިސްވެރިން ގދ. އަތޮޅުކައުންސިލާއި އެކު ބައްދަލު ވުމެއް މިއަދު ބާއްވާފިއެވެ.
މި ބައްދަލުވުމުގައި، މުވައްސަސާތަކުގައި ހުރި ގޮންޖެހުންތައް ފާހަގަ ކޮށް އެކަންތައްތައް ހައްލު ކުރެވޭނެ ގޮތަކާއި މެދު މަޝްވަރާކުރެވުނެވެ. އަދި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އަތޮޅު ކައުންސިލާއި، އެހެން މުވައްސަސާ ތަކާއި އެކު މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ މުވައްސަސާތައް އިތުރަށް ހަރުދާނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވިފައެވެ.
ތިނަދޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންވެސް، ތިނަދޫއަށް ވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި، ތިނަދޫގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ރަނގަޅު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް ތިނަދޫގެ ތަރައްޤީއާއި ގުޅިފައިވާ ތަފާތު މަޝްރޫއުތަކުގެ މަސައްކަތުގެ ކުރިއެރުން އަބަދުވެސް ބައްލަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން ތިނަދޫގެ ދެ މެމްބަރުންނަކީވެސް، ތިނަދޫގެ ކަންކަން ވަރަށް ގާތުން ބައްލަވާ، މުއައްސަސާތަކުގެ ވެރިންނާއި ގާތް ގުޅުމެއް ބާއްވާ ދެ މެމްބަރުންގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.