ތާރީޚް
ހުވަދު އަތޮޅުގައި ޑޮކްޓަރީ ބޭސް ފެށުމާއި ހެލްތު ސެންޓަރު ހުޅުވުން

ގަބޫލުކުރަން ފަހަރެއްގަ ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް ހަގީގަތްވާނީ ހަގީގަތަށެވެ. ހުވަދު އަތޮޅަކީ ރާއްޖޭގައި ފުރަތަމަ ޑޮކްޓަރީ ބޭސް ތައާރަފްވެގެން ދިޔަ އަތޮޅޭ ދެންނެވުމުން އެއީ ކުށަކަށް ނުވާނެއެވެ. ހިޖްރައިން 1352 ވަނަ އަހަރު ރާއްޖޭގައިި އޮތް ގާނޫނު ހަދާ މަޖިލީހުން ރާއްޖޭގައި ތިބި ހުރިހާ ޖުޒާމް ބަލީގެ މީހުން ހުވަދު އަތޮޅަށް ގެންދިއުމަށް ގާނޫނެއް ފާސްކުރެއްވިއެވެ. އަދި މިގާނޫނު 19 ޖުމާދުލްއޫލާ 1352 (7 ސެޕްޓެމްބަރު 1933) ވަނަދުވަހު ރާއްޖޭގެ ކީރިތި މަހާރަދުން އައްސުލްތާން މުހައްމަދު ޝަމްޝުއްދީން އިސްކަންދަރު ތަސްދީގުކޮށް ގެޒެޓް ކުރެއްވުމާއި ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުޒާމްބަލި ޖެހިފައިވާ ގިނަ ބަޔަކު ހުވަދު އަތޮޅުގެ ދެރަށަކަށް ގެންދެވުނެވެ.

އެގޮތުން ގއ. ފުނަދޫއަށް ޖުޒާމްބަލި ޖެހިފައިވާ ފިރިހެނުން ގެންދެވިފައިވާއިރު، އެބަލި ޖެހިފައިވާ އަންހެނުން ގެންދެވުނީ ގދ ހަވޮއްޑާއަށެވެ. ދެރަށުގައި ތިބި ބަލި މީހުންނަށް ކެއުން ބުއިމާއި، އެނޫންވެސް ގޮތްގޮތުން ބޭނުންވާނެ އިނާޔަތްތައް ލިބިދިނުމުގެ އިންތިޒާމްތައް އެވަގުތު ސަރުކާރުން ހަމަޖައްސާދެވެން އޮތް މިންވަރުން ހަމަޖައްސާދެއްވާފައިވާއިރު އެކަންކަން ރޭވި ހަމަ ޖެހެމުން ދިޔަ ގޮތާއި، ނުހަނު އެކަނިވެރި ކަމާއި، އެހާމެ ހިތްދަތިކަމާއެކު އެމީހުން ވޭތުކޮށްފައިވާ ވޭނާ ކެކުޅުމުގެ ހަޔާތް ސިފަ ކުރަން މަންޒަރު ދުށް ފަރާތްތަކަށް ދޫކޮށްލާނަމެވެ.

މިހާރު އެމީހުން ކޮބައިތޯއެވެ. ބައްޔަކީ، ބޭހެއް ފަރުވާއެއް ނެތް ބައްޔެއްކަމަށް އެބައިމީހުންނަށް ޔަގީން ކުރެވިފައިވާއިރު އެންމެންވެސް ތިބީ މާޔޫސްވެ އުއްމީދު ކެނޑިފައެވެ. ނަމަވެސް 1960 ވަނައަހަރު އޭރުގެ ވަޒީރުއް ސިއްޙީ އަލްފާޟިލް އަހްމަދު ޙިލްމީދީދީ ގޯލްޑަންރޭގައި ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅު ވެގެންދިޔައީ އެމީހުންގެ ބަލި ފަސޭހަވެދާނެ ކަމުގެ އުއްމީދު އައުވެގެންދިޔަ ދަތުރުފުޅެއް ކަމުގައެވެ. އެދަތުރުފުޅުގައި ގދ ހަވޮއްޑާގައި ތިބި 67 މީހުންނާއި ގއ ފުނަދޫގައި ތިބި 103 މީހުން މާލޭގައި އޭރުހުންނެވި ޑަބްލިއުއެޗްއޯ ގެ މެޑިކަލް އޮފިސަރ ޑރ ނީމަރ ބައްލަވާ، ފައްޓަވާދެއްވި ޑެޕްސޯން ބޭހުގެ ފަރުވާއަކީ ރާއްޖެތެރޭގައި ދެވެންފެށި ފުރަތަމަ ޑޮކްޓަރީ ބޭހުގެ ފަރުވާއެވެ.

އަދި މިއާއެކު އެހެން ބަލިބަލީގެ ފަރުވާވެސް އަތޮޅުގައި އެދުވަސްވަރު ލިބެން ފެށިގެން ދިޔައެވެ. ވަޒީރުއް ސިއްޙާގެ މިދަތުރުފުޅުން އެބުރި މާލެ ވަޑައިގަތީ ލެޕްރަސީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ސިއްޙީ ހިދުމަތަށްޓަކާ އެންމެ ފުރަތަމަ ތަމްރީނު ކުރެވުނު ހެލްތު އެސިސްޓެންޓުންގެ ތެރެއިން 3 ބޭފުޅަކު ގއ. ފުނަދޫއާއި، ގދ ހަވޮއްޑާގައި ބައިތިއްބާފައެވެ. އެގޮތުން ގއ ފުނަދޫގައި ތިބި ޖުޒާމް ނަލީގެ މީހުންނަށް ފަރުވާ ދެއްވުމަށް ގދ ތިނަދޫ ބެންހާގޭ އަބްދުﷲ ރަޝީދު، ހއ ކެލާ އިބްރާހިމް އަލީ، އަދި ގދ ހަވޮއްޑާގައި މަސައްކަތް ކުރެއްވުމަށް ކެލާ އަބްދުލް ކަރީމް އާދަމް ހަމަޖެއްސެވިއެވެ.

ކޮންމެއަކަސް ހަވޮއްޑާއި، ފުނަދޫގައި ފެށުނު މިފަރުވާ ދެއަހަރެއްހާދުވަހު ކުރިއަށް ގެންދެވުމަށްފަހު ބަލި މީހުންނާއި ހެލްތު އެސިސްޓެންޓުންވެސް ކ. އަތޮޅު ވިލިނގިލިވަރު، ބިޔާދުވަށް ސަރުކާރުން ބަދަލުކުރެއްވީއެވެ.

ހެލްތު ސެންޓަރ ހުޅުވުން

ގދ އަތޮޅުގައި ފެށުނު ކުރިން ދެންނެވުނު ޑޮކްޓަރީ ބޭހުގެ ފަރުވާ ހުއްޓީ ދިގު މުއްދަތެއް ފާއިތުވެގެން ހިގައްޖެއެވެ. ނަމަވެސް އެކަމުގެ ހަނދާންތަކެއް މުޅިއަކުން އަތޮޅުން ފިލައިގެން ނުދެއެވެ. ދުވަސްވަރަކީ މުވާސަލާތީ ގުޅުން ކިތަންމެ ދަތި ދުވަސްވަރެއް ކަމުގައިވިޔަސް ރާއްޖޭގެ އެކި އަތޮޅުތަކުގައި ހެލްތު ސެންޓަރުތައް ހުޅުވި ޑޮކްޓަރީ ބޭހުގެ ޚިދުމަތް އާންމުވަމުންދާ ހަބަރު ގދ އަތޮޅަށްވެސް ދިޔައީ ލިބެމުންނެވެ. ނަމަވެސް އެދުވަސްވަރު އަތޮޅުގެ މާހައުލު އޮތް ގޮތުން ހިސާބެއްގެ މަޑުޖެހިލުމަކަށްފަހު ގދ އަތޮޅުގައި ހެލްތު ސެންޓަރު ހުޅުއްވާދެއްވުން އެދި ސަރުކާރުގައި ދަންނަވާ، ސަރުކާރުން އެކަން ގަބޫލުފުޅު ކުރައްވާ ޅ.ނައިފަރު މުހައްމަދު ޒަކަރިއްޔާ. ގދ ހަަވރު ތިނަދޫއަށް 4 އޮގަސްޓް 1969 ގައި ފޮނުއްވާދެއްވިއެވެ. އެދުވަހުން ފެށިގެން ހެލްތު ސެންޓަރު ހުޅުވުމާބެހޭ ތައްޔާރީތައް ދިޔައީ ކުރެެވެމުންނެވެ.

ހެލްތު ސެންޓަރު ހުޅުވުމުގެ އިފްތިތާހީ ޖަލްސާ ތިނަދޫގައި ބޭއްވުނީ 9 އޮގަސްޓް 1969 ދުވަހުގެ ރޭ 8:30 ގައި ރަށު އޮފީހުގެ ގޯތި ތެރޭގައެވެ. ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ގދ އަތޮޅުގެ އޭރުގެ އަތޮޅުވެރިޔާ ގައްދޫ އަލްމަރުހޫމް ހުސައިން މަނިކުއެވެ. މިޖަލްސާގައި އަތޮޅު ކޮމިޓީގެ މެމްބަރުންނާއި، ރަށްރަށުގެ ވެރިންނާއި، ތިނަދޫ ކަމުވޮށިގެންވާ މީހުން ބައިވެރިވިއެވެ. މިޖަލްސާ ޞަލަވާތުގެ ބަރަކާތުން ފެއްޓެވީ ގދ އަތޮޅު ކޯޓުގެ ޤާޒީ އަހްމަދު ހަބީބުއެވެ. ޖަލްސާ ތަޢާރަފް ކޮށްދެއްވީ ތިނަދޫ ކަތީބު އަލްމަރްޙޫމް މޫސާ ފަތުހީއެވެ. ހެލްތު ސެންޓަރު ހުޅުއްވައިދެއްވުމަށް އަތޮޅުވެރިޔާގެ އަރިހުން އެދިވަޑައިގަތީ އަތޮޅު ކޮމިޓީގެ މެމްބަރު އަލްމަރްޙޫމް އަބްދުއްސަމަދު ހުސައިން އެވެ.

މިހެލްތު ސެންޓަރުގައި ފުރަތަމަ ހިދުމަތްދެއްވީ ނައިފަރު މުހައްމަދު ޒަކަރިއްޔާއެވެ. އެއީ އެއިރުގެ ނަމުން ނަމަ ސެންޓަރު މީހާއެވެ. ފުރަތަމަ ހެލްތު ސެންޓަރު ހިންގަމުންދިޔައީ ތިނަދޫ އޮފީހުގެ ހުޅަނގުފަރާތު ފެންޑާގައެވެ. އޭގެ ފަހުން ދެން ހެލްތު ސެންޓަރު ބަދަލުކުރެވުނީ އަތޮޅު ކޮމިޓީގެ އޮފީސް ހިންގަމުންދިޔަ އިމާރާތުގެ ބަޔަކަށެވެ.

  1. ޢާދިލު

    ވަރަށް ޝައުގު ވެރި ކުރުވި މައުލޫމާތު ކޮޅެއް