އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރ. އުނގޫފާރު އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕީއާރު އޮފިޝަލް ހަސަން ފަޒީލް ވިދާޅުވީ އަލާމާތްތައް ހުރެގެން އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ކޭސް އާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ސާމްޕަލް ނެގުމުގެ ކަންކަން ވެސް ވަރަށް ހަލުވި ކަމާއެކު ކުރެވެމުން އަންނަ ކަމަށެވެ. އަދި ހަމައެއާއެކު ރަށުގެ ފިޔަވަޅުތައް މިހާރު އިތުރަށް ހަށުކަށިކޮށް، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.
އެންމެ ފަހުން އުނގޫފާރު މޮނިޓަރިންގ ގެ ހާލަތަށް ގެނެވުނީ ވެސް ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެގެންނެވެ. އެއީ މިދިޔަ މާރޗް މަހުގެ ތެރޭގައެވެ.