ޚަބަރު
ކަނޑުހުޅުދޫގައި ބޭނުންކުރާ ޑިންގީތަކަށް ބަދަރުން ޖާގަ ހަމަޖައްސައި، ރަޖިސްޓްރީކުރަން އަންގައިފި

ގއ. ކަނޑުހުޅުދޫ ކައުންސިލުން، އެރަށުގައި ބޭނުންކުރާ ލޯންޗް ޑިންގީ ފަދަ އުޅަނދުފަހަރު ރަޖިސްޓްރީކޮށް، ޑިންގީތަކަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް ވަނީ އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ.

ކަނޑުހުޅުދޫ ކައުންސިލުން ވިދާޅުވީ އެ ރަށުގައި ވަރަށް ގިނަ ޑިންގީފަހަރު ގެންގުޅޭ ކަމަށާއި ގިނަ އުޅަނދު ތައް ހުރީ ރަޖިސްޓަރީ ނުކޮށް ކަމަށެވެ. އެހެންކަމުން މިހާރުވާނީ ރަޖިސްޓަރީ ނުކޮށް ހުރި ހުރިހާ އުޅަދެއް މި ހިގާ އޮގަސްޓް 31 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އަންގާފައިކަމަށާއި ރަޖިސްޓަރީ ކުރުމަށްފަހު އެ އުޅަނދެއް ބާއްވަން ވާނީ އެ އުޅަނދަކަށް ޚާއްޞަ ކުރެވިފައިވާ ފައްތިޔާގައި ކަމަށް ވެސް ކަނޑުހުޅަދޫ ކައުންސިލުން ވިދާޅުވިއެވެ.

އެކައުންސިލުން ފާހަގަކޮށްފައިވާގޮތުގައި، ބަދަރުގައި ޑިންގީ އެޅުމަށް ވަކި ޚާއްސަ ސަރަހައްދެއް ޚާއްސަކޮށްފައި ވީނަމަވެސް، ބައެއް ޑިންގީތަކާއި ލޯންޗްތައް ބަދަރުގެ އެކި ސަރަޙައްދުތަކުގައި އެޅުމުގެ ސަބަބުން، ލަފާ ފުރާ އުޅަނދުތަކަށް ވަރަށްބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން، ލޯންޗްފަހަރާއި ޑިންގީތައް އެޅުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކުގައި އެތަކެތި އެޅުމަށް ކައުންސިލުން އިލްތިމާސް ކޮށްފައި ވެއެވެ.

ކަނޑުހުޅަދޫ ކައުންސިލްގެ އޮފިޝަލަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގެ ފަޅުތެރޭގައި ބޭނުން ކުރާ ޑިންގީ ފަހަރުތަކަށް އެނގިފައިވާ އުސޫލާ ޚިލާފު ވާނަމަ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ

އަދި ކައުންސިލްގެ އެންގެވުމާއި ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަވެސް ކަނޑުހުޅުދޫ ކައުންސިލުން އަންގާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!