ކާށިދޫ ދާއިރާގެ އިއްޒަތްރި މެމްބަރ އަބްދުﷲ ޖާބިރު މަޖިލިސްއިދާރާގައި ކުރިމަތީގައި އިހުތިޖާޖު ކުރައްވަމުން އެބަގެންދެއެވެ.
އިއްޒަތްތެރި މެމްބަރ މަޖިލިސްއިދާރާގެ ދޮރާށިކައިރީގައި އިށީނދެ އިހްތިޖާޖުގައި އިންނަވާ ފޮޓޯ އަކާއި ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާއިރު، މައުލޫމާތު ލިބިފައިވާގޮތުގައި، އިހްތިޖާޖު ކުރައްވަމުން ގެންދަވަނީ މަޖިލިސް އިދާރާއަށް ވެދެވަޑައިގަންނަވަން އުޅުއްވުމުން، ސެކިއުރުޓީ ބަލަހައްޓާ ފަރާތްތަކުން ހުއްޓުވުމާއި ގުޅިގެންނެވެ.
ޓިކްޓޮކްގައި މިމަންޒަރު ދައްކުވައިދޭ ވީޑިޔޯއެއްވެސް ދައުރުވަމުންދާއިރު، ވަރަށް ބޮޑަށް ކޯފާ ފުޅުވެ ވަޑައިގެން ހުނަވައިގެން ވާހަކަ ދައްކަވާ މަންޒަރު މި ވީޑިއޯ އިން ފެނިގެންދެއެވެ. ފޭސްބުކްގައި ދައުރުވާ އިތުރު ވީޑިއޯ އަކުން ފެންނަ ގޮތުގައި މަގުމަތީގައި ހަރަކާތްތެރިވާ ފަރާތްތަށްވެސް އިއްޒަތްތެރި މެމްބަރ އެތަނުން ތެދުކުރެއްވުމަށް މަސައްކަތް ކުރައްވާ މަންޒަރު ފެނިގެން ދެއެވެ.
އިއްޒަތްތެރި މެމްބަރު މިފަދަ ގޮތަކަށް ގިނަކަންޏާ އިހްތިޖާޖެއްގައި އިށީދެވަޑައިގަންނަވަން ޖެހިވަޑައިގަތް ސީދާ ސަބަބެއް ވަނީ އޮޅުން ފިލާގޮތެއް ނުވެފައެވެ.