ޚަބަރު
ދިރާގުގެ ފައިދާ އަށް 11 ޕަސެންޓު ދަށްވުމެއް

މި އަހަރުގެ ދެވަނަ ކުއާޓާގައި ދިރާގަށް ލިބުނު ސާފު ފައިދާ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 11 ޕަސެންޓު ދަށްވެއްޖެ އެވެ.

 މާލީ ރިޕޯޓު ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 195.8 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 2.58ރ. އެވެ. ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 219.75 މިލިއަން ރުފިޔާ އެވެ.

ސާފު ފައިދާގެ އިތުރުން ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓާގައި ދިރާގުގެ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. ފުރަތަމަ ކުއާޓާގައި 660 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ދެވަނަ ކުއާޓާގައި ލިބުނީ 617.4 މިލިއަން ރުފިޔާ އެވެ.

ދިރާގުގެ ފައިދާ ދަށްވެފައި މިވަނީ ރާއްޖޭގައި ޓޫރިސްޓުން އަންނަ މިންވަރު މި ދޭތެރެއިން ކޮވިޑް-19 ވަރަށް ހަލުވި ކަމާއެކު ފެތުރުމުގެ ސަބަބަުން ދަށްވެފައި ވުމުން ކަމަށް އެ ކުންފުނިން ވަނީ ލަފާ ކޮށްފައެވެ.