ޚަބަރު
ޖޫރިމަނާ އޮވެގެން ލައިސަންސް ނެހެދޭތީ ރައްޔިތުންގެ ކަންބޮޑުވުން

ލައިސަންސްނެތި ދުއްވައިގެން ނުވަތަ ތަފާތު ޓްރެފިކް އުޞޫލުތަކާއި ޚިލާފުވެގެން ޖޫރިމަނާއެއް ކުރެވިފައިވާ ފަރާތްތަކަށް، އެޖޫރިމަނާ ނުދައްކައި، ލައިސަންސް ނެގުމުގެ ކަންކަން ކުރިޔަށް ނުގެންދެވޭތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަންފަށައިފިއެވެ.

ފާއިތުވީ ޖުލައިމަހު 14 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ޤަވާއިދުގައި، ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ތަފާތު ޖޫރިމަނާތައް ކޮށްފައިވާ ފަރާތްތަކަށް، ޖޫރިމަނާ ފައިސާ ދައްކައިގެން ނޫނީ، ލައިސަންސް ދޫނުކުރެވޭ ގޮތަށް އޮތް އުޞޫލަށް ބަދަލުގެނެސް، ޤަވާއިދު ވަނީ އިސްލާހުކުރެވި ގެޒެޓް ކުރެވިފައެވެ.

ނަމަވެސް މިއަދާ ހަމަޔަށްވެސް މިއުސޫލަށް އަމަލުކުރަމުން ނުގެންދެވޭތީ ރައްޔިތުންގެ ކަންބޮޑުވުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މިމައްސަލާގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ބަހެއް ހޯދުމަށް ހުވަދޫ ނިއުސް އިން ގުޅުމުން، ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއްގަމުގައި ދަތުރުފަތުރުކުރުމުގެ ޤަވާއިދަށް ގެނެވުނު އިސްލާހަށް އަމަލު ނުކުރެވި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ދެދުވަހެއްގެ ތެރޭގައި މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ޤަވާއިދުގައިވާގޮތަށް ލައިސަންސް ދޫކުރުމުގެ ޚިދުމަތް ލިބިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، ލައިސަންސް އެޕްލިކޭޝަން ފޯމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމާއި، ލައިސަންސް ނެގުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަތްގަނޑު ޖަހަން އޮންނަ އޮތުމަށްވެސް ބަދަލު އަންނާނެކަމަށެވެ. އަދި އާ ފޯމްތަކުގައި ޕޮލިސް ސްޓޭމްޕް ޖައްސަވަން ޖެހިވަޑައި ނުގަންނަވާނެކަމަށް، އެމިނިސްޓްރީގެ އޮފިޝަލް ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވާފައި ވެއެވެ.

ދިވެހިރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ އިސްލާހުކުރެވުނު އާޤަވާއިދު 14 ޖުލައި 2021ވީ ބުދަ ދުވަހު ސަރުކާރުންވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ. އަދި އެދުވަހެން ފެށިގެން، އައު ޤަވާއިދަށް ވަނީ އަމަލުކުރަން ފަށާފައެވެ. މިގޮތުން މި ޤަވާއިދު ހިންގާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!