ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މިއަދު ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ވަނީ ޔަގީންކޮށް ދެއްވާފަ އެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓި ވަކި ސަބަބެއް ސާފު ވެފައި ނުވާއިރު އިމިގްރޭޝަނުން ވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.
ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ ރައްޔިތުންގެ މަޖިލީސް ކުރިމަތީގެ އެކަނިވެރި އިހްތިޖާޖެއް މިއަދު ކޮށްފައި ވަނި ކޮށެވެ.
ޖާބިރު އިހްތިޖާޖު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.
މީގެ ކުރިން ވެސް ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ.