ޚަބަރު
“ދަރިން ތަރުބިއްޔަތު ކުރުން” ނަމުގައި ޚާއްސަ ދަރުސެއް ފިޔޯރީ ގައި

“ދަރިން ތަރުބިއްޔަތު ކުރުން” ނަމުގައި ގދ ފިޔޯރީ ގައި ޚާއްސަ ދަރުސެއް މިރޭ އޮންނާނެ ކަމުގައި ފިޔޯރީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް (ސްފައިސް) އާއި ފިޔޯރީ ކައުންސިލް ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސަކީ އެރަށުގެ ސްކޫލް ބެލެނިވެރިނަށް ޚާއްޞަ ކޮށްގެން ކުރިޔަށް ގެންދާ ދަރުސެކެވެ.
މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔޯރީ ކައުންސިލް އިދާރާގެ ހޯލުގައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ސްކޫލް ތަކުން ތައްޔާރު ވަމުންދާ މި ވަގުތާ ދިމާކޮށް ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިންތިޒާމު ކޮށްގެން ބާއްވާ މި ދަރުސް އަޑު އެހުމަށް ވިހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އެ ޖަމްޢިއްޔާ އިން ވަރަށް ބޮޑަށް އެދެއެވެ.
ސްފައިސް އަކީ ފިޔޯރީ ގެ ތަރައްޤީ އަށް ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެމުން އަންނަ ވަރަށް ޙަރަކާތްތެރި ޖަމްޢިއްޔާ އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!