ރިޕޯޓް
އެވިޑްގެ ޗެއަރމަން އަބްދުﷲ މުޝްތާގް، ހުވަދު އަތޮޅު ފަޚުރުވެރިވާ ހުވަދޫ ދަރިއެއް

މިއަދު ރާއްޖޭގައި އެންމެ ބުރަކޮށް އުޅޭ އެއްބަޔަކީ ތައުލީމީ ދާރިއާގައި މަސައްކަތްކުރައްވާ ބޭފުޅުން ކަމުގައި ދެންނެވުމީ ކުށަކަށް ނުވާނެއެވެ. ޤައުމެއް ތަހުޒީބު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ބަޔަކީ އެތަކެއް ތައުލީމީ ވުޒާރާތަށް ހިންގާ ފަރާތްތައްކަން ކަށަވަރެވެ.

އެގޮތުން ބަލާއިރު ހުވަދު އަތޮޅު އެދަރިއަކަށްޓަކައި ފަޚުރުވެރިވާ ގދ. ތިނަދޫ، ޗާންދު، އަބްދުﷲ މުޝްތާގް ރަޝަދަކީ ތައުލީމީ ގާބިލް ދަރީންތަކެއް އުފެއްދުމާ ތަހުޒީބީ ވެއްޓަކަށް ބޭނުންވާނެ މީހުން އުފެއްދުމުގެ އެންމެ އަލިގަދަ އެއް ދަންމަރެވެ.

ރާއްޖޭގެ އެންމެންގެ ހިތުގައި އިތުބާރާ ލޯބި އުފެދިފައިވާ އެވިޑް ކޮލެޖަކީ މިދެންނެވި އަލިގަދަ ދަންމަރުން އަލިކަން ގެނެސް ދިވެހިން ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު އެއް ހިޔާވައްސަށް ވުމީ ކުރިން ދެންނެވި ވާހަކައިގެ ހަގީގަތް ސާބިތުވާ ހެއްކެކެވެ. އެކޮލެޖުން ތައުލީމު ޙާސިލުނުކުރާ މީހަކު ހުރި ރަށެއް މިއަދު ރާއްޖޭގައި މަދުވާނެއެވެ. އެކިއެކި ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް އެވިޑްގެ ސަނަދާއެކު ވަޒީފާ އަދާ ނުކުރާ އޮފީހެއް މިރާއްޖޭގައި ވަރަށް ނުހުންނާނެއެވެ.

މިރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ ހިމެނޭ ހުވަދު އަތޮޅަށް ބަލާއިރު، 2017 ވަނަ އަހަރުގައި. ތިނަދޫގައި ހުޅުވިގެންދިޔަ އެވިޑް ކޮލެޖް ބިނާއަކީ އަތޮޅުގައި ތިބެގެން ތަފާތު އެކިއެކު ރޮނގުން ތައުލީމު ހާސިލުކުރުމަށް ހުޅުވިގެންދިޔަ ބޮޑު ދޮރާއްޓެކެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށުގައި މިވަގުތު ހުރި އެންމެ ރީތި ބިނާއަކީ އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަސް ކަމަށް ގިނަ ބަޔަކު ބުނަނީ އެތަނާމެދު ހިތުގައި އޮންނަ އިތުބާރާއެކުގައެވެ.

އަބްދުﷲ މުޝްތާގް ރަޝާދުގެ މަސައްކަތަށް ހުވަދު އަތޮޅުގެ ރައްޔިތުން އިތުބާރު ކުރަންފެށީ މިއަދަކު ނޫނެވެ. ތިނަދުގައި ހުޅުވި ކޮލެޖްގެ މަސައްކަތަ އެއިމާރާތުގެ ފުރިހަމަ ކަމަކުން ނޫނެވެ. މިއަދު ރާއްޖޭގައި ހިންގާ ތައުލީމީ އެހެނިހެން ކޮލެޖްތަކާ ޔުނިވަރސިޓީ ތަކުގެ އިސްވެރިންގެ ސަފުގައި ފައިތިލަ ސާބިތު ކުރަމުންދާ އެވިޑް ކޮލެޖްގެ ޗެއަރމަންގެ ހިތްވަރާ އޭނާގެ ކާމިޔާބީތަކަކީ އަތޮޅުގެ އެންމެން މާކުރިންވެސް ދަންނަ ކަމެކެވެ. ގަބޫލު ކުރާ ސާފު ހަގީގަތެކެވެ. އެކަނި ގިނިކަންޏާ ނުކުމެ ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ބެލެނިވެރިންނާ ދަރިވަރުންނަށް ތަފާތު ތަމްރީނުތައް ހިންގުމާ ތިމާގެ ނަފްސުގެ ހިތްވަރު ދެނެގަނެ އެހިތްވަރުން ދަރިން ބޮޑު ކުރުމާއި ކާމިޔާބު ބެލެނިވެރިޔަކަށް ވުމަށް އެކި ލެވެލްގައި ހިންގަމުންދިޔަ ޕްރޮގްރާމްތަކުގެ ކާމިޔާބު ކަމުން ގިނަ ބަޔަކަށް މުސްތާޤު ވެފައިވަނީ އިޚްތިރާމާއި ލޯބި ލިބިގެންވާ ޝަހްސިއްޔަތަކަށެވެ. ކާމިޔާބު ޒުވާނަކަށެވެ. އަމިއްލަ ފައިމައްޗަށް ބުރަމަސައްކަތުން ތެދުވެހުރި ދިވެހި ވަރުގަދަ ޝަހްސިއްޔަތަކަށެވެ.

ކިޑްނީ ފެއިލްވެ އެދުވަސްވަރު ކުރި ހިތްވަރާ، ޙާލަތާ ގުޅިގެން ބައެއް ފަރާތްތަކުން ކުރި ފުރައްސާރައަށް ކުރަމުންދިޔަ ހިތްވަރަކީ އަދި މިއަދުވެސް ކުރަމުންދާ ހިތްވަރަކީ އޭނާއަށް ގިނަ ބަޔަކު “ސެލިއުޓް” ކުރާ ކަމެކެވެ.

ރާއްޖޭގެ އެކިއެކި ހުނަރާ އިލްމީ ޤާބިލުކަން ހޯދުމަށް މަސައްކަތް ކުރާ މީހުން ވަރަށް ގިނައެވެ. އެކިއެކި ދާއިރާތަކުން މަތީ ތައުލީމާ ފަންނީ ޤާބިލްކން ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރާ ޒުވާނުން މި ރާއްޖޭގައި ވެސް ވަރަށް ގިނައެވެ. އެގޮތުން ބަލާއިރު އައްޑޫ ފްލައިން ސްކޫލުގައި ތައުލީމާއި ތަމްރީނު ހޯދަމުން ދިޔަ ދަރިވަރުންނަކީ އެފަދަ އެއްބަޔެކެވެ. ނަމަވެސް ޙާލަތު ނިޔާ ކުރިގޮތުން އެކުދިން ތިބީ އެތަނުގައި އިލްމުން މަޙްރޫމްވެފައެވެ. އުންމީދު ގެއްލިފައެވެ. ގޮތް ހުސްވެފައެވެ. މުޅި ރާއްޖެވެސް އެއްއަޑަކުން ދައްކަމުން ދިޔައީ އެވާހަކައެވެ.

ރާއްޖޭގެ ބޮޑު ސުރުޚީއަކަށް އެކަން ވެފައި ހުއްޓާ އެވިޑް ސްކޫލް އޮފް އޭވިއޭޝަން އުފައްދާ އެފްލައިން ސްކޫލް އަލުން ބަލުން “ރީ ބްރޭންޑް” ކޮށް މިއަދުވަނީ ދިރުން ގެނެސްފައެވެ. އެދަރިވަރުންގެ ހިތްތަކަށް ވަނީ އުންމީދު ގެނުވާފައެވެ. ޚިޔާލަށްވެސް ނުގެނެވޭނެ ބޮޑު ބަދަލެއް ގެނެސް ހިކުމަތްތެރިކަމާއެކު ކުރެއްވި ބުރަ މަސައްކަތުން ވަނީ މުޅި ދިވެހިރާއްޖެ ހިނިތުން ކުރުވާފައެވެ.

އަނެއްކާވެސް ތަފާތު ދާއިރާއަކުން އެވިޑްގެ އާ ހުޅުކޮޅެއް މުސްތާގް ދިއްލައިދީފިއެވެ. މީގެ ކުރިންވެސް ހޯދާފައިވާ ކާމިޔާބީތައް ފަދައިން އެއީވެސް އިތުރު ބޮޑު ކާމިޔާބީއެކެވެ.

ހުވަދު އަތޮޅު ފަޚްރުވެރިވަނީ މުސްތާގް ހޯދާ އެފަދަ ކާމިޔާބީއަށެވެ. ހުވަދު އަތޮޅު އުފާކުރަނީ އެކާމިޔާބީގެ އަސަރާ ތަހުޒީބާ ތަމައްދުންތަކުގެ ކުރިއެރުމުން މުޅި ދިވެހިރާއްޖެއަށް ހިތްހަމަޖެހުން ލިބެމުންދާތީއެވެ. ހުވަދު އަތޮޅުގެ މީހުން އެންމެ ބޮޑު އުފަލަކަށްވެފައިވަނީ މުސްތާގުގެ ކޮންމެ މަސައްކަތަކާ އުފަން އަތޮޅާ ގުޅިލާމެހިފައިވާތީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!