ޚަބަރު
37 އަހަރަށް ފަހު ގދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ތާރީޚީ ބަދަލެއް

37 އަހަރަށްފަހު މިފަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހަޤީޤަތުގައިވެސް މިއައީ ވަރަށް ބޮޑު ބަދަލެކެވެ. 37 އަހަރު ވަންދެން ސްކޫލް ރަމްޒު ކޮށްދީފައިވާ، އެތަކެއް ހާސް ދަރިވަރުންގެ ހަނދާންތަކާއި ގުޅިފައިވާ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޔުނިފޯމް ބަދަލުވުމަކީ ކުޑަ ބަދަލެއް ނޫނެވެ.

ފާއިތުވި 37 އަހަރުގައި ބޭނުން ކުރަމުން އައި ސްކޫލްގެ ރަސްމީ ޔުނީފޯރމް އެއްކޮށް ބަދަލުކޮށް، އާ ޔުނިފޯމަކާއެކު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެއްޓުމަށް ތަޢުލީމީ މަރުކަޒުން އަންނަނީ ތައްޔާރު ވަމުންނެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތަޢުލީމީމަރުކަގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވިދާޅުވީ ކުރިން ބޭނުން ކުރަމުން ދިޔަ ޔުނިފޯމް ޒަމާނާ އެއްގޮތަށް ފަރުމާ ކޮށް ބަދަލު ގެނެސްފައިވަނީ ކުރިން ބޭނުން ކުރި ޔުނިފޯމް ބޭނުން ކުރުމުގައި ދަރިވަރުންނަށް އުނދަގޫ ތައް ދިމާވާތީއާވެސް އެކުގައި ކަމަށާއި ދިރާސީއަހަރު ކިޔެވުން ފަށާ ދުވަހުން ފެށިގެން އާ ޔުނިފޯމް ބޭނުން ކުރަން ފަށާނެ ކަމަށެވެ.

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އަމިއްލަ ފަރުމާ އަކަށް މިފަހަރު ބޭނުން ކުރަންފަށާ ޔުނިފޯމް ބެޖު ފިޔަވާ ހުރިހާ ބައެއް ވަނީ ބަދަލު ކޮށްފައެވެ. މިފަހަރުގެ ޔުނީފޯމްގައި އަނހެން ކުދިން ބޭނުން ކުރާނީ ބޮޑު ރޫ ނަގާފައި ހުންނަ ގަދަނޫ ކުލައިގެ ސްކަރޓާއި ހުދު ގަމީހެވެ. އަދި ބެގީ ކޮއްފައި ހުންނައިރު ބެލްޓު ބޭނުން ނުކުރާނެއެވެ. މިފަހަރު ޔުނިފޯމުގައިވެސް ބުރުގާ އެޅުމާ އަތް ދިގުކޮށް އަދި ހަރުވާޅު ބޭނުން ކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. އެގޮތުން ބުރުގާ އާއި ހަރުވާޅު ގެ ކުލައެއްގެ ގޮތުގައި ބޭނުން ކުރެވޭނީ ހުދު ކުލައެވެ. އަދި އަތް ދިގުކޮށް ހުންނަ އިރު އަތުކުރި ހުންނަން ޖެހޭނީ ގޮށް އަޅުއްވާފައެވެ.

ފިރިހެން ކުދިންގެ ޔުނިފޯމަށް މާބޮޑު ބަދަލެއް އައިސްފައި ނުވިއަސް ބޭނުން ކުރާ ފަޓުލޫނުގެ ކުލަ އަކީ ގަދަނޫ ކުލައެވެ. ގަމީހުގެ ކުލައަކީ ހުދެވެ. ފިރިހެން ކުދިންގެ ތެރެއިން އަތް ދިގުކޮށް ގަމީސް ފަހަން ބޭނުންވާ ކުދިންނަށް އެފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ފިރިހެން ކުދިން ތިބެން ޖެހޭނީ ބެގީކޮށް ކަޅު ބެލުޓު އަޅާފައެވެ. ދެ ޖިންސުގެ ކުދިން އެސް މިފަހަރު ބޭނުން ކުރަން ޖެހެނީ ކަޅު ބޫޓެވެ.
ޕްރިންސިޕަލް ޝިފާޒް ވިދާޅުވީ އާ ޔުނިފޯމްގައި ޓައި ބޭނުން ކުރާނީ ޕްރިފެކްޓް ކުދިން އެކަނި ކަމަށާއި ޓައިގެ ކުލަ އަކީ ގަދަ ނޫ ކުލަ ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ޝިފާޒް ވިދާޅުވީ ޔުނިފޯމް ފޮތި ހޯދުމުގައި ބެލެނިވެރިންނަށް ދަތިވާނެ ކަމެއް ހުރެގެން ނުވާނެ ކަމަށާއި ފަހާ ތަންތަނުން ހުސްނުވާ ވަރަށް ލިބޭނެ ގޮތަށް ކުރިން ފެށިގެން މަސައްކަތް ކޮށް އެކަން ކުރެވިފައި ވާކަމަށެވެ.
“ޔުނިފޯމަށް ގެނެވުނު ބަދަލަކީ ވަރަށް ހިތްހަމަޖެހޭ ބަދަލެއް. މުޅިން ތަފާތު ރީތި ޔުނިފޯމެއް. މިގޮތަށް ގެންނަ ބަދަލު ތަކުން ސްކޫލަށް އަދި ދަރިވަރުންނަށް ވެސް ވަރަށް ބޮޑު ކުރިއެރުމަށް ލިބޭނެ” ޝިފާޒް ވިދާޅުވިއެވެ.
ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލްގެ ދަރިވަރު ގެ ވަރކިންގ ޔުނިފޯމް އަށް ވެސް ބަދަލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންކަމަށާއި ނަމަވެސް އެ ޔުނިފޯމް ކިޓް ތައާރަފް ކުރާނީ ފަހުން ކަމަށެވެ.
1984 މާރިޗް 29 ގައި ތިނަދޫ ގައި ހުޅުވި ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޔުނިފޯމް ޑިޒައިނާއި ކުލަ ބަދަލުކުރާ މީ ފުރަތަމަ ފަހަރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!