ޚަބަރު
ގދ.އަތޮޅު ކައުންސިލްގެ ރައީސް އާއި މެމްބަރުން ގައްދޫއަށް

ގދ.އަތޮޅު ކައުންސިލުގެ ރައީސް އާއި މެމްބަރުން އެ އަތޮޅު ގައްދޫ އަށް ވަޑައިގެންފިއެވެ.

ގދ.އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އާއި އެކު ގދ.އަތޮޅު ރަށް ތަކުގެ ރައީސުން މިއަދު ގައްދޫ އަށް ވަޑައިގަތީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 10 ވަނަ ޖަލްސާ އަށެވެ.

ނަޑެއްލާ މޮނިޓަރިންގ ހާލަތުގައި އޮތުމުން، ނަޑެއްލާ ކައުންސިލްގެ ރައީސް މި ދަތުރުގައި ބައިވެރިވެވަޑައި ނުގަނެއެވެ.

މިއަދު ބާއްވަން ހަމަ ޖެހިފައިވާ އަތޮޅު ކައުންސިލުގެ ބައްދަލުވުމުގެ އިތުރުން ގައްދޫ ރަށު ކައުންސިލާއި، ޑަބްލިއުޑީސީ އާއި އަތޮޅު ކައުންސިލުން ބައްދަލު ކުރައްވާނެ ކަމަށް އެއިދާރާއިން މައުލޫމާތު ދެއްވައެވެ.