ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުންދިން މައްސަލަ ބަލަން ފަށައިފިއެވެ.
ޖާބިރު އެގެއަށް ގެއްލުންދީފައި މިވަނީ ރައީސް މައުމޫން އޭނާ އަށް ދީފައިވާ ފައިސާ ތަކެއް ނުދޭ ކަމަށް ބުނެއެވެ.
ޖާބިރު އަތުން 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް 29 މިލިއަން ރުފިޔާ މައުމޫން ހޯއްދެވީ، އެ ފައިސާ ދިނީ ނުދެއްކިއްޖެ ނަމަ ޖާބިރަށް ކިނބިގަސްދޮށުގެ ދޭން ޖެހޭ ގޮތަށް އެއްބަސްވެފައިވާ ކަމަށް ޖާބިރު ވިދާޅުވެ އެވެ. އެހެން ނަމަވެސް ޖާބިރު މި ތުހުމަތު ރައީސް މައުމޫން ވަނީ ދޮގު ކުރަށްވާފައެވެ.
ޖާބިރު ވިދާޅުވީ މައުމޫން އަދިވެސް ފައިސާ ނުދެއްވާ ކަމަށާއި ފުލުހުނަށް ވެސް މިކަން އަންގާފައިވާނެ ކަމަށާއި އެހެން ނަމަވެސް މި ކަން ބަލައިދީފައި ނުވާކަމަށެވެ. ޖާބިރު އިތުރަށް ވިދާޅުވީ އަދުލު އިންސާފު ގާއިމް ކޮށްދޭނެ ފަރާތެއް ނެތުމުން އަމިއްލަ އަށް އަދުލު އިންސާފު ހޯދަން ޖެހިފައިވާ ކަމަށެެވެ.
އިއްޔެ ކިނބިގަސްދޮށުގެއާ ހަވާލުވާން ދިޔަ ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް އެތަނުގައި ހުންނަވައިގެން އަޑުގަދަކުރެއްވުމަށް ފަހު އެތަނުން ވަޑައިގަތީ އެވެ. އަދި އޭނާ ވަނީ އެގޭ ފާރުމައްޗަށް އަރުވާފައި އޮތް ވެޔޮގަނޑަކަށް ވެސް ގެއްލުންދީފަ އެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން ބުނީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް އިއްޔެ ޖާބިރު ވަނީ މަޖިލިސް އިދާރާއަށް ވެސް ވަޑައިގެން އެތާ ކުރިމަތީ އެކަނި އޮށޯވެގެން އަދި ފަހުން އިށީނދެގެން އިނދެ އިހުތިޖާޖު ކޮށްފައެވެ.
މިހާރުވެސް ކޯޓުގައި އޮތް މައްސަލައަކާ ގުޅިގެން ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.