ފުވައްމުލަކު ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މިއަދު ކަރަންޓު ކަޑާލަން ނިންމައިފިއެވެ،
އެ ރަށުގެ އންޖީނުގޭގެ މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލަ އަކާއި ގުޅިގެން މި ހިނގާ އޮގަސްޓު މަހުގެ 2 ވަަނަ ދުވަހު މުޅި ފުވައްމުލަކު ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ. ހަމަ ދުވަހު މުޅި ސިޓީއަށް ކަރަންޓު ދީފައިވަނީ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެސްގެންނެވެ.
ފުވައްމުލަކުން މިއަދު މެންދުރު 14:00 އިން 17:00 އަށް ކަރަންޓު ކެޑުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވަނީ ފުވައްމުލަކު ސިޓީގެ ފެނަކައިގެ ބުރާންޗުން ނެރުނު އިއުލާނެއްގައެވެ. އަދި މި ވަގުތު ތަކުގައި ވޯޓާ ސަޕްލައި ޕްރެޝާ ދަށްވުން އެކަށިގެން ވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ރަށުގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރަށުގެ ރައްޔިތުންގެ ކިބައިން މާފަށް ފެނަކައިން ވަނީ އެދިފައެވެ.