ފެންޑާ
ކާމިޔާބު މީހަކަށް ވުމަށް އެނގެންޖެހޭ ބައެއް މުހިންމު ކަންކަން

ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް އެނގެންޖެހޭ ބައެއް މުހިންމު ކަންތައް މިލިޔުމުގައި ހިއްސާކޮށްލަމެވެ.

ދިރިއުޅުމާއި ގުޅޭ ތަފާތު ގިނަ ކަންކަން ކުރިން ދަސްވިނަމެއޭ ނުވަތަ ކުރިން އެކަން އެގޮތަށް ވާނޭކަން ވިސްނުނު ނަމައޭ ހިތައް އަރާ ވަރަށް ގިނަ ކަންކަން ދިރިއުޅުމުގައި ކުރިމަތިވެއެވެ. ދިރިއުޅުމާއި ގުޅޭ ބައެއްކަހަލަ ހުނަރުތަކަކީ، ގިނަފަހަރު އެކަމެއް ކުރިމަތިވުމުން ނުވަތަ، ކަމެއް ގޯސްކޮށް ކުރެވުމުން ދަސްވާ އެއްޗެކެވެ. ނަމަވެސް، އަބަދުވެސް، އަހަރަމެންނަށް އެނގޭ މަޢުލޫމާތު އެހެން މީހުންނާއި ހިއްސާކޮށްގެން ނުވަތަ ދަސްވެފައިވާ ދިރިއުޅުމާއި ގުޅޭ ޚާއްސަ ކަމެއް އެހެން މީހަކަށް ކިޔައި ދީގެން އެހެން ފަރާތެއްގެ ދިރިއުޅުން އުޖާލާ ކުރެވިދާނެއެވެ.

ފައިސާއިން ތިބާގެ ހަޤީޤީ މައްސަލަތަކަށް ހައްލެއް ނުލިބޭނެ:

ފައިސާއަކީ ވަޞީލަތެކެވެ. ބައެއް އަސާސީ ކަންކަމާއި، ބައެއް ބޭނުންތަކަށް ފައިސާއިން ހައްލު ލިބިގެންދިޔަ ކަމުގައި ވީނަމަވެސް، ފައިސާއަކީ ހަޤީޤީ މައްސަލަތަކަށް ހައްލު ހޯދައިދޭ އެއްޗެއް ނޫނެވެ.

ލިބޭ މަދު ލާރިކޮޅުން ދެކޮޅު ޖައްސައިގެން، ވަރަށް އުފާވެރި، ހިތްހަމަޖެހިގެން ދިރިއުޅޭ ގިނަ މީހުން ދުނިޔޭގައި އުޅެއެވެ. އަދި ހަމަ މިބީދައިން، އެއްވެސް އުފާވެރިކަމެއް ނެތި، ދިރިއުޅުން އޮޅުން ބޮޅުންކޮށް ދިރިއުޅޭ ބޮޑެތި މިލިޔަނަރުންވެސް ދުނިޔޭގައި ދިރިއުޅެއެވެ.

ފައިސާއިން ރީތި ގެއެއް، ރީތި އަގުބޮޑު ކާރެއް، އަގުބޮޑު ފައިވާނާއި ބޫޓް، ކޮންވެސް ވަރައްގެ ރައްކާތެރިކަމެއް އަދި ކޮންމެވެސް ވަރަށް ހިތްހަމެުމެއް ލިބިދާނެއެވެ. ނަމަވެސް ފައިސާއިން ވަކިވެފައިވާ ގުޅުމެއް، އެކަނިވެރިކަމަކަށް ހައްލެއް ނުހޯދެއެވެ. އުފަލަކީ ވިއްކަން ހުންނަ އެއްޗަކަށް ނުވުމުގެ އިތުރުން، އުފާވެރިކަމުގެ އަގަކީ ފައިސާއިން އަދާކުރެވޭނެ އެއްޗެއް ނޫނެވެ. ދިރިއުޅުމަށް ބޭނުންވާ ބައެއްކަހަލަ ތަކެތި ގަނެގެން ކޮންމެވެސް މިންވަރެއްގެ އުފަލެއް ހާޞިލް ކުރެވިދާނެއެވެ. ނަމަވެސް އުފާވެރިކަން ނުގަނެވޭނެއެވެ.

ހުރިހާ ފަރާތެއް ހިންހަމަޖައްސައި، ރުއްސަން މަސައްކަތް ނުކުރުން

ބިލް ކޮސްބީ ބުނެފައިވާ ހަރުބަހެއްގައި ވެއެވެ. “އަހަންނަށް ކާމިޔާބުގެ ސިއްރެއް ނޭނގެއެވެ. ނަމަވެސް، ފެއިލްވުމުގެ ސިއްރަކަށް އެންމެން ހިތްހަމަޖައްސަން ނުވަތަ ރުއްސަން މަސައްކަތް ކުރުން ވެފައި ވެއެވެ.”

ދިމާވާ ކޮންމެ މީހަކު ނުވަތަ އެއްކޮށް މަސައްކަތް ކުރާ ކޮންމެ މީހަކު ތިބާދެކެ ގަޔާވާ މީހަކަށް ނުވަތަ ނުވަތަ ތިބާ ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރާ މީހަކަށް ވާކަށް ނުޖެހެއެވެ. އެހެން މީހުންގެ ރުހުން ހޯދުން، އިހްތިރާމް ލިބިގަތުން، މީހުން ބަލައިގަންނަ މީހަކަށް ވާން ބޭނުންވުމަކީ، އިންސާގެ ފިޠުރަތުގައިވާ ސިފައެކެވެ. މިފަދަ ކަންކަމަކީ، ތިބާގެ އުފާތަކާއި، އިޚްލާސްތެރިކަމާއި، ގުޅުވައިގެން އަގު އަދާކުރަންޖެހޭ އެއްޗެއްކަމުގައި ވާނަމަ، އެފަދަ އިޙްތިރާމެއް، ރުހުމެއްގެ މާބޮޑު އަގެއް ނެތެވެ. އެހެން މީހުން ތިބާއަށް ކުރާ އިޙްތިރާމާއި ގަދަރަކީ ވަކި ކަމަކާއި ގުޅުވައިގެން އަންނަ އެއްޗެއްގެ ބަދަލުގައި، އިޚްލާސްތެރި ހެޔޮ ހިތަކުން، އަންނަ އެއްޗަކަށް ވުން މުހިންމެވެ. އެހެން މީހުން ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި، ކަންކަމާއި އަމިއްލަޔަށް ދެކޭގޮތް އެއްވެސް ޖެހިލުމެއް ނެތި ހާމަކުރަން ކެރޭ، އަމިއްލަ ވަކި ހަމަތަކެއް ޤަބޫލުކުރާ، އެހެން މީހުންގެ ބަސްއަޑުއަހާ މީހަކަށް ތިބާ ވާށެވެ.

ނޭނގުމަކީ ލަނދުގަންނަންޖެހޭ ކަމެއް ނޫން

ދުނިޔޭގައިވާ ހުރިހާކަމެއް އެނގިފައިވާ މީހަކު ދުނިޔޭގައި ނުވެއެވެ. ހަމައެބީދައިން ކުރިމަތިވާ ކޮންމެ ސުވާލެއްގެ ޖަވާބު އެނގޭ މީހަކުވެސް ނުހުންނާނެއެވެ. އެގޮތުން “އަހަންނަން ނޭނގޭ” ބުނުމަކީ ލަނދުގަންނަން ޖެހޭ ނުވަތަ ދަށްކަމެއްވެސް ނޫނެވެ. ހުރިހާ ކަމެއް އެނގޭ މީހަކަށް އަމިއްލަޔަށް ހެދިގެން އުޅުމަކީ، ތިބާ މޮޅުމީހަކަށް ވާކަމެއްވެސް ނޫނެވެ.

ބައެއް ފަރާތްތަކަށް، ކަންކަން ނެނގޭ ކަމަށް ބުނުން، ނުވަތަ އަދި ވަކި ކަމެއް އޮތްގޮތެއް ސާފު ނޫނޭ ބުނުން ވަނީ ލަނދުވެތި ހުތުރު ކަމަކަށެވެ. ނަމަވެސް ކަމެއް ނޭނގުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ލަނދުގަންނަންޖެހޭ ކަމެއްވެސް ނޫނެވެ. އަހަރަމެން އިންސާނުންނަށް ވީތީ، ތަފާތު ކުދިކުދި އޮޅުންތައް އެރުމާއި، ކުށްތައް ކުރެވެއެވެ. މިފަދަ ކަންކަމުން އިބްރަތް ހާޞިލްކޮށް، ދިރިއުޅުމުގައި ކުރިޔަށް ދިޔުން މުހިންމެވެ. އަހަރަމެން އިންސާނުންނަށް ވީތީ މިފަދަ ކަންކަން ޠަބީއަތުގައި ވެއެވެ. އިންސާނުންގެ ބަދަލުގައި، އަހަރަމެން ރޮބަޓުންނަށް ވާކަށް ނުޖެހެއެވެ.

ލޯތްބަކީ ހަމައެކަނި އިޙްސާސެއް ނޫން:

ލޯތްބަކީ ހަމައެކަނި އިޙްސާސެކޭ ބުނެ ނިންމާ ނުލެވޭނެއެވެ. އެއީ އިޚްތިޔާރީ އެއްޗެއްވެސްމެއެވެ. ލޯތްބަކީ އުތުރި އަރަމުން އަންނަ އުފާވެރި އިޙްސާސެއް، ނުވަތަ ވިންދު އަވަސްކުރުވާ އުފާވެރި ހިންހަމަޖެހުމަކަށް ވެގެންދަނީ ކުޑަވަގުތު ކޮޅަކަށެވެ. ނަމަވެސް މުޅި އުމުރަށް އުފާވެރި އިޙްސާސު ފޯރުކޮށްދޭ ހަޤީޤީ ލޯބި މިދުނިޔޭގައި ނުވެޔޭ ނުބުނެވޭނެއެވެ.

ލޯތްބަކީ ހަމައެކަނި އިޙްސާސެއް ނޫންކަން ދެނެގަންނަން ޖެހެއެވެ. ލޯތްބަކީ އެހެނިހެން ނިންމުންތަކާއި އެއްގޮތަށް ނިންމާ ނިންމުމެކެވެ. ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން ދުރައްލައި، މަޢާފު ކުރުމާއި، ހިތްހެޔޮކަން، އިހްތިރާމްކުރުން، އެހީތެރިކަން ފޯރުކޮށްދިނުން އަދި ވަކިން ޚާއްސަކޮށް އިތުބާރު ހިފެހެއްޓުން މުހިންމެވެ. ލޯބީގެ ގުޅުމަކީ ކޮންމެ މީހަކަށްވެސް މުހިންމު ގުޅުމެކެވެ. ބައެއް ހާލަތްތަކުގައި މިގުޅުން ދެމެހެއްޓުމަކީ ވަރަށް ފަސޭހަކަމެކެވެ. އަދި ހަމަ އެހެންމެ ބައެއް ހާލަތްތަކުގައި ލޯބީގެ ގުޅުމެއް ދެމެހެއްޓުމަކީ ވަރަށް އުދަނގޫ ތަކުލީފު ބޮޑު ކަމަކަށް ވެއެވެ. ލޯބީގެ ގުޅުން ދެމެހެއްޓުމާއި މެދު ވިސްނައި، ވާހަކަ ދައްކައި ގޮތް ނިންމުން އޮތީ ތިބާ އަތުގައެވެ. ލޯބީގެ ގުޅުމަކީ ގަދަކަމުން ގަދަފައި ވިއްދައިގެން ހާޞިލްކުރެވޭނެ އެއްޗެއް ނޫނެވެ.

ދިރިއުޅުމާއި ގުޅިފައިވާ މިފަދަ ފިލާވަޅުތަކުން އިބްރަތް ހާޞިލުކޮށް، ދިރިއުޅުމުގައި، ކާމިޔާބު، އުފާވެރި ބައެއްގެ ދޮތުގައި ދިރިއުޅުން ކަޑައްތުކުރުމަކީ މުހިންމުކަމެކެވެ. ދިރިއުޅުމާއި މެދު ވިސްނައި ފިކުރުކުރާ، ދީނީ ކަންކަމަށް ބޯލަނބައި، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ މީހަކަށްވުމީ އަހަރަމެން ކޮންމެ މީހެއްގެ އަޒުމްކަމުގައި ހަދަމާތޯއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!