ތިނަދޫގައި 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޙަރަކާތްތަކެއް ތިނަދޫ މިއުޒިއަމް ޕާކް ސާފް ކުރުން މާދަމާ ހެނދުނުގައި އޮންނާނެ ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ ރައީސް ސައުދު ޢަލީ ވިދާޅުވީ އެޕްރީލް 24 ވަނަ ދުވަހުން ފެށިގެން 3 މަސް ވަންދެން ތިނަދޫ މޮނީޓަރިންގ ގައި އޮތުމުގެ ސަބަބުން ގިނަ ދުވަސް ތަކެއް ވަންދެން ރަށުގެ އިޖްތިމާޢީ ތަންތަން ސާފު ނުވެ އޮންނަތާ ގިނަ ދުވަސް ތަކަކަށްފަހު ސާފް ކުރުމަށް މާދަމާ ނުކުންނަނީ އޮގަސްޓް 22 ފާހަގަ ކުރުމުގެ މަޤްސަދާ އެކުކަމަށެވެ.
ސައުދު ވިދާޅުވީ މިއުޒިއަމް ޕާކް ސާފް ކުރުމަށް މާދަމާ ހެނދުނު 6 ޖަހާއިރު ބާއްވާ ޙަރަކާތުގައި ރަށުގެ ހުރިހާ މުޢައްސަސާ ތަކާ ކްލަބް ޖަމްޢިއްޔާ ތަކުން ބައިވެރި ވާނެކަމަށާއި މި މަސައްކަތަކީ ރައްޔިތުން ކުރާ ތާރީޚީ މަސައްކަތެއްކަމަށެވެ.
“ބައްދަލުވުން ތަކުގައި އެންމެން ވަނީ އާބާދީ ދުވަސް ފާހަގަ ކުރުމަށް ކުރާ ހުރިހާ ކަމެއްގައި އެއްބާރުލުން ދޭން ބުނެފައި, މިކަމުގައި ވަރަށް ގިނަ ރައްޔިތުން ޢަމަލީ ގޮތުން މިހާރުވެސް އެބަ އުޅޭ” ސައުދު އަލީ.
ތިނަދޫ މިއުޒިއަމް ޕާކަކީ އާބާދީ 50 ފާހަގަ ކުރުމަށް ސަރުކާރުން ހެދި 34 މި ލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮންގެން ތިނަދޫ ގައި ހެދި އެންމެ މިޒަމާނުގެ ތަނެކެވެ. ނަމަވެސް ގިނަ އަހަރުތަކެއްވަންދެން ބެލުންތެރިކަމެއްނެތި ދޫކޮށްލާފައި ވުމުން މުޅި ތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ އޭގެ އަސްލު “ކޮންސެޕްޓް” ވެސް ވަނީ ގެއްލި ފައެވެ.