ޚަބަރު
55 ދުވަހައްފަހު ކޫއްޑޫ އަރާ ފޭބުމުގެ ހުއްދަ ދީފައި

55 ދުވަސް ފަހުން ކޫއްޑޫ ކޮވިޑް19 ކޭސްތަކާއި ގުޅިގެން ނެރުނު މޮނިޓަރިންގެ ޙާލަތު ޢުވާލާއި ކޫއްޑޫ އަށް އަރާ ފޭބުން ހުއްދަ ދީފިއެވެ.

ކޫއްޑޫ މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މަނާކުރީ ޖޫން މަހު 19 ވަނަ ދުވަހުގަ އެވެ. އެހެންވެ، އެ ރަށުގެ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލާފައިވަނީ 55 ދުވަސް ފަހުންނެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލިޔުމުގައިވާގޮތުން އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ޙާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތެވެ.
އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ކޫއްޑޫ މޮނިޓަރިންގ ހާލަތަށް ގެނެވުނު ފަހުން މިހާތަނަށް 193 މީހަކު ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.