ރިޕޯޓް
ހާލުގައި ޖެހުނު ބަޔަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

މޫސުން ގޯސްވެ ހާލުގައި ޖެހުނު ބަޔަކަށް އެމްއެންޑީއެފްގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ކ. އެނބޫދޫ ފިނޮޅަށް ދަތުރު ދިޔަ 27 ފަރާތެއް މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީ މިއަދު 11:37 ގައި އެމީހުން މާލެ ގެނެސްފައިވާ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް މޫސުމާ ބެހޭ އިދާރާއިން އަދި އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭވެސް އަދި މާދަމާވެސް ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!