ޚަބަރު
މާލޭގެ މަގުތަކުން ވެހިކަލްތައް ނެގުން މެދު ކަނޑާލައިފި

މާލޭގެ މަގުމަތީގައި ހަލާކުވެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުން މާލެ ސިޓީ ކައުންސިލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިމަހުގެ ދެވަނަ ދުވަހު ފެށުނު މަސައްކަތް މެދުކަނޑާލަން ނިންމާފައި މިވަނީ މީގެ 2 ދުވަސް ކުރިން ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި މީހަކު ދިން ހިޔާލަކާ ގުޅިގެން ކަމަށް އެ ސިޓީ ކައުންސިލުން ބުންޏެވެ.

މި ދުވަސްކޮޅު ކޮވިޑް ބަލިމަޑުކަން ވެސް އޮތުމާއެކު ރައްޔިތުން އެކި ހިސާބު ތަކުން ދަތުރު ކުރުމަށް ހުރި ދަތި ތަކާއި އެކު އެކި ތަންތަނުގައި ދަތުރު ނުކުރެވި ތިބި މީހުންގެ ވެހިކަލްތައް ވެސް މި ގޮތަށް މަގު މަތީގައި ތިބުމާއެކު، މި ގޮތަށް މި ދުވަސް ވަރު ވެހިކަލްތައް ނެގުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ވަނީ ހިޔާލު ދީފައެވެ.

އޭނާ ފާހަގަކުރި ގޮތުގައި އެތައް ދުވަހެއް ވަންދެން މަގުމައްޗަށް ދޫކޮށްލެވިފައިވާ އުޅަނދު ފަހަރު ހުއްޓާ ޖެހިގެން ހުންނަ އާންމުކޮށް ބޭނުންކުރާ އުޅަނދުވެސް ނޭގުމެއްގެ ތެރެއިން ނަމަވެސް ނަގައިގެން ގެންދެ އެވެ. އެހެންކަމުން މިހާރަށް ވުރެ ރަނގަޅު ހަރުދަނާ އުސޫލެއްގެ ތެރެއިން މިކަން ކުރިއަށް ގެންދިއުމަށް މޭޔަރަށް ވަނީ ލަފާ ދީފަ އެވެ.

މޭޔަރަށް ދެވުނު ހިޔާލާއި ގުޅިގެން މި ހިޔާލު ބަލައިގަނެ ކަމުގެ އިންސާފުވެރިކަން ޔަގީން ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ވެހިކަލްތައް ނެގުން މެދުކަނޑާލުމަށް މޭޔަރ މުއިއްޒު ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މާލޭގައި ގިނަ ދުވަސްތަކެއް ވާންދޭން މަގުތަށް ބޭނުން ކުރާ ފަރާތްތަކަށް އުނދަގޫ ވާނެ ހެން ހުރި އުޅަނދުތަށް ވަރަށް ގިނައެވެ. މި އުޅަނދުތަކުން ޖެހިފައިވާ އުނދަގޫ ކުޑަ ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދިޔައީ ފުލުހުންނާއި ވެސް ގުޅިގެންނެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!