ޚަބަރު
މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލޭގައި 14 އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް ފެންމަތިވެފައިވަނީ އިއްޔެއެވެ.

ފުލުހުން ވިދާޅުވީ މާލޭގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި، މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެމައްސަލައާ ގުޅިގެން މިހާތަނަށް އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަން އެނގިފައިނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ރާއްޖޭގައި މިފަހަކުން އައިސް ވަރަށް ގިނައިން ހިނގަމުންދާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!