ރޭގެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާ އަށް ފައިސާގެ އެހީ ހަމަޖައްސާއިދީފައި ވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މއ. އެމްޓޭޝަން ގޭގެ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަަރަށް އަނދާފައެވެ.
އަލިފާން ރޯވީ ކޮޓަރީގައި ހުރި އަންނައުނާއި ސޯފާ އަދި ގޮދަނޑީގައެވެ. އަލިފާން ރޯ ވުމުގެ ސަބަބުން އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމަށާއި، ކެއިން ބުއިން އަދި އައްނައުނު ހޯދުމަށް 7800 ރުފިޔާ މިހާރު ހަމަޖައްސާދީފައިވާނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.