ސާދަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނަ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަނިޔާ ލިބުނު 14 އަހަރުގެ ކުއްޖާއާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ ކުރިން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ 14 އަހަރުގެ އަންހެން ޖިންސިީ އަނިޔާކޮށްފައިވާ ކަމުގެ ރިޕޯޓެއް ލިބި އެ މަައްސަލަ ތަހުގީގް ކުރާ ކަމަށް ބުނެފައެވެ. މި ފަދަ މައްސަލަ ތަކުގައި އަނިޔާ ލިބުނު ކުއްޖާގެ ވަނަވަރު އާންމު ނުކުރާނެއެވެ. އަދި މިފަދަ މައްސަލަ ފުލުހުން ވަރަށް ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ތަހިގީގް ކުރެއެވެ.
މި މިއްސަލައާއި ގުޅިގެން ހައްޔަރު ކުރީ ކާކު ކަމެއް އަދި މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.