ޚަބަރު
ސުކޫލް ކުދިން ވެކްސިން ދިނުމަށް ތައްޔާރު ވުމަށް އަންގައިފި

ކޮވިޑް-19 އިން ދިފާއުވުމަށް އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް އަންގައިފި އެވެ.

 ވެކްސިން ޖެހުމަށް ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކުރުމާއެކު، އެ ސްކޫލެއްގައި ކިޔަވާ 12 އަހަރުން މަތީގެ ކުދިންގެ ލިސްޓު ފޮނުވުމަށް އެދި އެމިނިސްޓްރީން މިދިޔަ ހަފުތާގައި ސުކޫލްތަކަށް ލިޔުމަކުން ވަނީ އަންގާފައެެވެ

މި ފެށޭ ހަފުތާގައި ރާއްޖެއަށް ފައިޒާގެ ވެކސިންގެ ޝިޕްމެންޓެއް ލިބި، އެ ވެކްސިން ޖަހަން އަލުން ފަށާނެ އެވެ. އެހެން ކަމުން ސަރުކާރުން ނިންމާފައިވަނީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ދަރިވަރުންނަށް ވެކްސިން ފޯރުކޮށްދޭށެވެ.

“ދަރިވަރުންނަށްރައްކާތެރިކަން” ނަމުގައި އެޑިއުކޭޝާން މިނިސްޓްރީން ފަށައިފައިވާ ކެމްޕެއިނުގެ ދަށުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ދަރިވަރުންނަށް ވެކްސިން ފޯރުކޮށްދޭން ވަނީ އަމާޒުކޮށްފައެވެ.

އެޗްއީއޯސީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އިދާރާގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދަރިވަރުންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ސެންޓަރުތަކަށް ގެންގޮސްގެން ކަމަށެވެ.

މި ކެމްޕެއިން ފުރަތަަމަ ފަށަނީ މާލޭގައެވެ. އަދި އެއަށްފަހު އަތޮޅުުތެރޭގެ ރަށްތަކަށް މި ކެމްޕެއިން ފެށިގެންު ދާނެއެވެ

Comment