ޚަބަރު
ޑީއެންއޭ އިން ވެސް ރިޔާސީ ކެންޑިޑޭޓެއް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި އުފެއްދެވި ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ)ގެ ފަރާތުން 2023ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމައިފިއެވެ.

ޑީއެންއޭގެ ސްޕޯކްސްޕާސަން އަބްދުﷲ ޝުޖާއު ރޭ ވިދާޅުވީ އެ ހަރަކާތުގެ ފަރާތުން 2023ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް އިންޓެރިމް އެގްޒެކެޓިވް ކޮމިޓީގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.

ޑީއެންއޭގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާވިގެން ދާނެ ކަމަށާއި، އެއަށްފަހު އެކްސްކޯ އިން އެ ކަންތައްތަކަށް ބަލަމުން ދާނެކަމަށް ޝުޖާއު ވަނީ މައުލޫމާތު ދެއްވާފައެވެ.

ކޮންމެ ޕާޓީއެއްގެ، ކޮންމެ ބޭފުޅަކު ވިޔަސް، އެއީ ޑީއެންއޭގެ ޗާޓަރު ގަބޫލުކުރާ ބޭފުޅެއް ނަމަ ޑީއެންއޭގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް ވަނީ މި ކަމަށް ޝައުގުވެރިކަން ފާޅު ކޮށްފައި ކަަމަށާއި، މީގެ އިތުރުން އެެހެން ދެ ބޭފުޅަކު ވެސް ވަނީ މިކަމަށް ޝައުގުވެރިކަން ފާޅުކުރަށްވާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޑީއެންއޭގެ ވެސް ގަވާއިދުތަކެއް އޮންނާނެ ކަމަށާއި ޑީއެންއޭގެ ކެންޑިޑޭޓް ވާންޖެހޭނީ އެ ކަންތައް ގަބޫލު ކުަރާ މީހެއް ކަމަށެވެ

ޑީއެންއޭ އަކީ ސިޔާސީ މައިދާނާއި ތައުލީމީ ދާއިރާ ފަދަ އެތައް ދާއިރާއެއްގެ ތަޖުރިބާ ހުންނެވި ބޭފުޅުން ހަރަކާތްތެރިވާ ހަރަކާތެއް ކަން ޝުޖާއު ވަނީ ފާހަގަކުރަށްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!