ޚަބަރު
އެމްއެންޔޫއިން ޒައިދަށް ވެސް ފިޔަވަޅު އަޅައިފި
މޯލްޑިވެސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އެ ޔުނިވާސިޓީގެ ލެކްޗަރާ އަދި އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ޝެއިޚް އަލީ ޒައިދަށް ވެސް ފިޔަވަޅުއަޅައިފިއެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރައްވާ ހިޔާލުތަކާ ގުޅިގެން އެ ޔުނިވާސިޓީން ވަނީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއް ލަތީފް މަގާމުން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން އެމްއެންޔޫއާ ދެކޮޅަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ޝެއިހް އަލީ ޒައިދެވެ.

އަލީ ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޔޫއިން އަޅަނީ ފަސް ފިޔަވަޅެއް ކަމަށާއި އެއީ އަނގަ ބަހުން ނަސޭހަތް ދިނުމާއި ލިޔުމުން ނަސޭހަތް ދިނުމާއި އިންޒާރު ދިނުމާއި ސަސްޕެންޑުކުރުމުގެ އިތުރުން ވަޒީފާއިން ވަކިކުރުން ކަމަަށެވެ.

އަދި އިއްޔެ އެބޭފުޅާ ކުރެއްވި ޓްވީޓެއްގެ ސަބަބުން އޭގެ ތެރެއިން ދެ ފިޔަވަޅު އެބޭފުޅާއަށް އަޅާފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ. ނަމަވެސް އަޅާފައިވަނީ ކޮން ދެ ފިޔަވަޅެއް ކަމެއް ޒައިދު ހާމަކުރައްވާފައެއްނުވެއެވެ.

ޑރ. އިޔާޒް އެޅި ފިޔަވަޅާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޢިޔާޒާއި މެދު އެޅި ފިޔަވަޅަކީ، އެފަދަ މަގާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޢިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ، ދިވެހި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު، ޢަދުލުވެރި އިޖުރާއަތެއް ނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ނާޖާއިޒު ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށް ވެސް އަދާލަތުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!