ހިޖުރީ އަހަރާއި ދިމާކޮށް މަދާމާއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އުމްރާވެރިންނަށް ސައުދީގެ ބޯޑަރުތައް ހުޅުވާލަން އެގައުމުން ވަނީ ނިންމާފައެވެ.
ސައުދީ ގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ 18 މަސް ދުވަސް ވަންދެން އޮތުމަށްފަހު މާދަމާއިން ފެށިގެން މަހަކު ދެ މިލިއަން އުމްރާވެރިންނަށް އެގައުމަށް އެތެރެވެވޭނެ ގޮތަށް ބޯޑަރ ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
އުމްރާވުމަށް ހަރަމަށް އެތެރެވެވޭނީ 18 އަހަރުން މަތީގެ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. ހަމައެއާއެކު އޭގެ އިތުރުން ސައުދީ ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އުމްރާގެ އަޅުކަންކަން ފުރިހަމަކުރުމަށް އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ރެޖިސްޓްރީ ކުރަންޖެހޭނެކަމަށެވެ.
ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަދަދު ނިމުމަކަށް ގެނެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އުމްރާވެރިންނަށް އުމްރާއަށް ހަރަމް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ދެހަރަމާއި އެތަންތަން ވަށާއިގެންވާ ސަރަހައްދުތައް ސްޓްރެލައިޒްކޮށް ބެލެހެއްޓުމާއި ސެނެޓައިޒަރ ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ބަސްތަކުގައި ދަތުރުކުރުމުގައިވެސް މީހުން އުފުލޭނީ ބަހުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތަށްކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.
އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ވެކްސިން ނުޖަހާ މީހުންނަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރެވުމާއި، ސުކޫލުތަކާއި ކޮލެޖުތަކަށް ނުވަދެވުން، ސަރުކާރު އޮފިސްތަކަށް ނުވަދެވުން ފަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.