ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓް ތަކުގެ ތެރެއިން ޙަވާލު ނުވެ ހުރި ފްލެޓްތައް ޙަވާލު ކުރުމަށް މިރޭ ގުރުއަތުލުން ބާއްވައިފިއެވެ.
ތިނަދޫގައި އަޅާފައިވާ 120 ފްލެޓްގެ ތެރެއިން ޙަވާލު ނުކޮށް ބާކީ ހުރީ 15 ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުން މިރޭ ކުރިއަށް ގެންގޮސްފައިވަނީ ގދ.ތިނަދޫ ކައުންސިލް އިދާރާގައެވެ.
ބާކީ ހުރި 15 ފްލެޓްގެ ތެރެއިން 14 ފްލެޓް ލިބިފައިވަނީ ޕޮއިންޓް އުސޫލަށް ބަލައި ފްލެޓް ލިބިފައިވާ 14 ފަރާތަށެވެ. އަދި ލިބޭ ފްލެޓް ކަނޑައެޅިފައިވަނީ މި 14 ފާރާތުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ. 15 ފްލެޓްގެ ތެރެއިން ބާކީ ހުރި 1 ފްލެޓް ލިބޭފަރާތް ކަނޑައެޅުނީ 34 ފަރާތެއްގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ.
ތިނަދޫ ގައި ޗައިނާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން އަޅާފައިވާ 120ގެ ތެރެއިން 105 ފްލެޓްވަނީ އޭގެ ވެރި ފަރާތްތަކާ ޙަވާލު ކޮށްފައެވެ. އަދި ބާކީ ޙަވާލުނުކުރެވި ހުރި 15 ފްލެޓަށް ޖުމްލަ 310 ފަރާތަކުން ވަނީ ތިނަދޫ ކައުންސިލަށް ފޯމު ހުށަހަޅާފައިއެވެ.