އައްޑޫ ސިޓީ ހިތަދޫގައި ޒުވާން ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެއެވެ.
އޭނާ މަރުވެފައި އޮށްވާ ފެނިފައިވަނީ ރޭގެ ވަގުތެއްގައެެވެ.
ޒުވާނާގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލީ މައުލޫމާތެއް ލިބޭ ގޮތެއް އަދި ވަނީ ނުވެފައެވެ.
އެކި މީހުން އެިކ ސަބަބުތަކާއި ހުރި އަމިއްލަ އަށް މަރުވާއިރު ގިނަ މީހުން އަމިއްލަ އަށް މަރުވަނީ ނަފްސާނީ އުނދަގޫތަކެއް ވާން ފަށައި ބޮޑުވަރުވާ ހިސާބުން ކަމަށް ދިރާސާތަކުން ދަށްކައެވެ. މިފަދަ އުނދަގޫތަކެއް ވާނަމަ ނަފްސާނީ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމުކަމެކެވެ.
ދުނިޔަވީ މުސީބާތްތަކަކީ އިމްތިހާން ތަކަކަށް ވީއިރު އެކަމަށް ކެތްތެރިވުމުގެ ސަބަބުން ﷲގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށްދެއްވައި އަދި ފާފަތައް ފުއްސަވައި ﷲގެ ރުހިވޮޑިގަތުން ދެއްވައެވެ.
މީހެއްގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރަށްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ.