ޚަބަރު
ބަލިމަޑު ކަމެއްގެ ތެރޭގައި ނާސްތާ ދިނުން ރައްކާތެރި އެއް ނޫން :މިނިސްޓަރު

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ބޭރުން ގެންނަ ކާތަކެތި ދަރިވަރުންނަށް ދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނާސްތާ ޕްރޮގްރާމަކީ މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެވެންދެން ނާސްތާ ދޭނީ ފާހަގަވެފައިވާ މަދު ކުދިންކޮޅަކަށް ކަމަށާއި، އެކުދިންނަށް ނާސްތާގެ އިތުރުން އެހެނިހެން ގަޑިތަކުގައިވެސް ކެއުން ދޭނެ ކަމަށް އެޑިކޭޝަން މިނިސްޓަރ ވިދާޅުވެއެވެ.

ކަމާ ގުޅުންހުރި ފަރާތްތަކުން ބޭރުން ގެންނަ ކާތަކެތި މިދުވަސްވަރު ދަރިވަރުންނަށް ދިނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ. އެހެން ކަމަުން ދަރިވަރުންގެ ސިއްހަތު މުހިންމު ކަމުގައި ދެކި ނާސްތާ ޕްރޮގްރާމް މެދުކަނޑާލީ ކަމަށް ވެސް މިނިސްޓަރު ބުނުއްވިއެވެ.

2019 ވަަނަ އަހަރު އެންމެ 25 ސުކޫލްގެ ދަރިވަރުންނާއެކު ފެށުނު މި ޕްރޮގްރާމް ހަމަ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ރާއްޖޭގެ 203 ސްކޫލެއްގެ ދަރިވަރުންނަށް ޕްރޮގްރާމް ފަށާފައެވެ. ކޮވިޑް އާއި ގުޅިގެން އައި ލޮކްޑައުން އަށް ފަހު މި ޕްރޮގްރާމް މެދުކެޑުނެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރު ފެށުނު އިރު މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރީ ކުރިން ނާސްތާ ޕްރޮގްރާމުގެ މެނޫގައި ހިމެނުނު ގިނަ ތަކެތި އުނިކޮށްގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!