ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު، ޔޫއްޕެގެ އިތުރު ކައިވެންޏެއް ކޮއްފިއެވެ. މިއީ ޔޫއްޕެ ކުރި 5 ވަނަ ކައިވެންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ޔޫއްޕެ ވަނީ ކައިވެނިކޮށްފައެވެ. އަދި މައުލޫމާތު ލިބޭގޮތުން، ޔޫއްޕެ ކައިވެނީގެ ގޮތުން ގުޅިފައިވަނީ، ރ އަތޮޅު މަޑުއްވަރީ އަންހެނަކާއެވެ.
ޔޫއްޕެ މީގެ ކުރިން ކުރި ދެ ކައިވެންޏަކަށް ދެ ދަރީންވެސް ލިބިފައި ވެއެވެ.
ޔޫއްޕެ ވަނީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އާ މިގެކުރިން ކައިވެނި ކޮށްފައެވެ. ނަމަވެސް ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އެ ކައިވެނި ވަނީ ރޫޅިފަ އެވެ.
ޔޫއްޕެއާއި ކާވެނީގޮތުން އިއްޔެ ގުޅިފައިވާ އަންހެންކުއްޖާގެ މިއީ އަލަތު ކައިވެންޏެވެ. ނަމަވެސް ޔޫއްޕެ މީގެ ކުރިން ވަނީ 4 ކައިވެންޏެއް ކޮށްފައެވެ. އަދި އެ 4 ކައިވެނި ވެސް ވަނީ ރޫޅިފައެވެ.