އަލްމަރުޙޫމު ނައިފަރު ދޮހޮއްކޮގެ ލަވައެއް އަޑުއަހާލާހިތުން ޔޫޓިޔުބުގައި ދޮހޮއްކޮބެ ޖަހާލުމުން އެންމެ ފުރަތަމަ އައި ލަވައަކީ “އެދޭނަމަ ލޯބިވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން، އަދާވަތްތެރިވިޔަސް ވާންވީ ހިތައް ކުޅަދާނަ މިންވަރަކުން” މި ލަވައެވެ. ލަވަ އަޑު އަހާލާފައި ދެތިން ފަހަރަށް އަނެއްކާވެސް އަޑު އަހާލީމެވެ. މާނަ ފުންކަމުންނެވެ. ހިތަށް އެެރިއެވެ. ދޮހޮއްކޮބެގެ މިލަވައަކީ ހާދަހައި އިބުރަތުން ފުރިގެންވާ އަގުހުރި ނަސޭހަތެކެވެ.
ނައިފަރު ދޮހޮއްކޮ އަކީ ދިވެހިންނަށް އިތުރު ތައާރްފަކަށް ބޭނުންވާ ފަރާތެއް ނޫނެވެ. އަދުގެ ޒުވާނުންވެސް ދަންން ފަރާތެކެވެ. އެންމެވެސް ދޮހޮއްކޮބެ ދަންނަނީ ދޮހޮއްކޮބެގެ ގޮތުގައެވެ. ގިނަ މީހުންނަކަށް އޭނާގެ އަސްލު ނަމެއްވެސް ނޭގެއެވެ. ޅ.ނައިފަރަށް އުފަން ދޮހޮއްކޮބެގެ . އަސްލުނަމަކީ .މޫސާ އަބްދުﷲ މޫސާއެވެ.
ދޮހޮއްކޮބެގެ މި ލަވައަކީ އިބުރަތުން ފުރިގެންވާ އެތަކެއް ވާހަކައެއް ހިމެނޭ ލަވައެކެވެ. ކޮންމެ މީހެއްގެވެސް ދިރިއުޅުމާ ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރަކަށް ގުޅޭނެ ލަވައެކެވެ. އަޑުއަހަމުންދާއިރު ހަޤީގަތުގައިވެސް ކަންހިނގަމުންދަނީ މިފަދައިންނޭ ހިތަށް އަރައެވެ. ކޮންމެ ކަނޑިއެއްވެސް އެހާމެ މާނަ ފުނެވެ.
އެދޭނަމަ ލޯބިވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކަށް . އަދާވަތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކަށް.
ތެދެކެވެ. މީހަކުދެކެ ލޯބިވިއަސް ވާންވާނީ ހިތަށް ކުޅަދާނަވާ ވަރަކަށެވެ. އެހެންނޫނީ އެ ލޯބީގައި އެމީހަކު ހަލާކުވެ ފަނާވެ ދިޔަޔަސް ނޭނގޭނެއެވެ. ލޯބި ވުމަކީ ތިމާ ލޯބިވާ ބައެއްގެ ކުށްތަށް ނުފެންނަ ވަރަށް ލޯބިވުމެއްވެސް ނޫނެވެ. ލޯބީގައި ހިތަށް ކުޅަދާނެވެގެން ދަންޖެހި ދެދުނިޔެ ނުލިބި ގޮސްފައިތިބި މީހުންވެސް މަދެއްނޫނެވެ.މީހަކުދެކެ އަދާވާތްޔެރި ވިޔަސް ވާންވާނީ އެކަމަށް ކިޅަދާނަ މިންވަރަކަށެވެ. ތެދެކެވެ މީހަކުދެކެ ރުޅިވިއަސް އެމީހަކާއި ގާތްނުވެވޭ ވަރަށް ރުޅި ނުވާށެވެ. މީހަކާއި އަދާވާތްތެރި ވެވިއްކެނަމަ އެމީހަކަށް ފާރަލައި ހިތުހައި ހަސަދައިގެ އަލިފާން ރޯވެއެވެ. ނަތީޖާއަކަށްވަނީ އެމީހަކު ކުރިން ކިތަންމެ ހޮޔޮކޮށްހިތައި ކިތަންމެ ބޮޑުކަމެއް ކޮށްދިނަސ އެކަމެއް ނުފެންނާނެއެވެ. އެންމެފަހުން އެމީހަކާއި ދޭތެރޭ އަނިޔާވެވޭ މިންވަރަށް ހިތްނުބައި ވެވެނީއެވެ.
މުދާ މަދު ދެރަ ފަގީރުންވެސް ވެޔޭ ފައިސާވެރިންނަށްވެސް.
ތެދެކެ ދެރަ ފަގީރުންވެސް ފައިސާވެރިންނަށް ވެފައިވަނީ މަދަކުންނޫނެވެ.އެއްވެސް މީހެއްގެ ދިރިއުޅުން ބަދަލުވެގެންދާނެ ގޮތެއް ނޭގޭނެއެވެ. ތަޤްދީރު ހުރީ ކޮންގޮތަކަށް ކަމެއް ނޭނގޭނެއެވެ. ނިކަމެތި ހާލުގައި އުޅޭ އެންމެނެއް އަބަދަކު ނިކަމެތި ހާލުގައި ނޫޅޭނެއެވެ. އަޅުން ކުރާ މަސަތްކަތުގައި މަތިވެރި ﷲ ބަރަކާތް ލައްވާނެތެވެ. ލަވައިގެ މި ކަނޑިން ދޮހޮއްކޮބެ ނިކަމެތިންނަށް އުންމީދެއް ގެނުވާފިއެވެ.
”ވެދާނޭ އެންމެ ގާތް މީހުން ނުރައްކާ ދުޝްމިނުންނަށްވެސް،
އަދާވާތްތެރިވެ ރަހްމަތްތެރިވެ އުޅެޔޭ ނާހަމަ ހިތްވަރަކުން”
އެންމެ ގާތް އެކުވެރިން ހަތުރުންނަށް ބަދަލުވެ ދަނީ މަދަކުންނޫނެވެ. އެކުވެރިޔާ ތިމާގެ އެންމެބޮޑު ދުޝްމިނަކަށް ވަނީވެސް މަދަކުންނޫނެވެ. ތިމާ އަށްވުރެ ރަހުމަތްތެރިޔާ ކުރިއަރައިދާތަން ފެނުމުން އެކަމާ ހަސަދަވެރިވާ އެކުވެރިން މަދެއްނޫނެވެ. ގިނަފަހަރަށް އެންމެ އެކީގައި އުޅުނު އެކުވެރިޔާ ވެގެންދާނީ އެންމެ ބޮޑު ދުޝްމިނިށެވެ.
މައިންބަފައިން ދަރިން ބޮޑެތި ކުރަނީ އެބައިމީހުންގެ އެތަކެއް ނިންޖާއި އަރާމެއް ނަގާލުމަށްފަހުއެވެ. އެދަރިން ހެޔޮގޮތުގައި ބޮޑުކުރުމަށް މައިންބަފައިން ނުއުފުލަނީ ކޮންބުރައެއްތޯއެވެ. ނަމަވެސް ދަރިން ބޮޑެތަވިވެ މައިންބަފައިން ވެލެއްވި ޤުރުބާނީގެ މަތީން ހަދާން ހުންނަނީ ކިތައްމީހުން ތޯއެވ
ދޮހޮއްކޮބެގެ މި ލަވައިން އަހަރެންގެ ހިތުގައި އަޅައިގެން ވަރަށް އާންމު ކަމަކެވެ. ދޮހޮއްކޮބެ ވިދާޅުވި ފަދައިން ރަނގަޅު ގެރި ބަކަރިވެސް އެއަށް ކާންދީ އުޅޭ މީހުން ދަނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންތޯ ދަންނަނީ ތިމާ ދަތިހާލުގައި އުޅުނުއިރު އެހީވެދީ އުޅުނު މީހުން. ތިމާ ކުރިއަރައި ދިޔުމަތް އެހީތެރި ވެދިން މީހުންގެ މަތިން ތިމާ ކުރިއަރައި ދިޔުމުން އިސާހިތަކު ހަދާންނެތެވެއެވެ. ދޮހޮއްކޮބެ ބުނާ ފަދައިން މިކަމުގައި އަޅުގަނޑުމެން އިންސާނުންނަށްވުރެ ޖަނަވާރުންވެސް މާރަނގަޅެވެ.
ތިމާއަކީ އެއްވެސް އަޙްލާޤެއް ނެތްމީހެއްނަމަ ތިމާ އުޅޭ މުޖުތަމައުގެ މީހުން ތިމާގެ މޫނު މައްޗަށް ބަލާ ހީލިޔަސް މަލާމާތް ލިބޭ މީހަކަށް ވާނެއެވެ. ތިމާއަކީ އިޙްލާސް ތެރިއެއްނަމަ މަލާމަތަކީ ވަރަށް ނުލިބޭނެ އެއްޗެކެވެ. ސަލާމަތް ވެވެން އޮތީ ހަމް ރީތި އަޙްލާޤެއްގެ ނިސްބަތުންނެވެ. ދޮހޮއްކޮބެ ވިދާޅުވާފަދައިން މިރިނުވެ ގޮބަޅި ކާށި ވެގެން އުޅޭނަމަ ހަލާކުވެގެން ހިނގައިދާނެއެވެ.
ނިފާގު ބައްޔަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ ވަރަށްވެސް ބޮޑު ބައްޔެކެވެ. ނިފާގުކަމުގެ ބައްޔަކީ ވަކި ޒަމާނަކަށް ނޫނީ ވަކި ތަނަކަށް ޚާއްސަވެގެންވާ ކަމެއް ނޫނެވެ. ނިފާގު ބަލީގެ ނުރައްކަލަކީ ބޭރުފުށުން އޮމާން ވެފައި ހިތުގެ އެތޭގައި އަދަމުން ދަނީ އަޤުރު އަލިފާންކަމެވެ. ކޮންފަދަ ނުބައި ބޮޑުވެގެންވާ ބައްޔެއްތޯއެވެ.
ވިދާހާ އެއްޗަކީ ރަންކަމަށް ހީވެ އޭގެ ފަހަތުން ޢާފިލްވެ މީސްތަކުން ދުވަނީ މަދަކުންނޫނެވެ. މިއީ ވަގުތީ މަންޒިލެކެވެ. ދާއިމީ ތަނެއް ނޫނެވެ. އެކަމުކުވެސް މީސްތަކުން ޢާފިލްކަން މަތީ ދުވަނީ މާދަމާ ވެސް ދުނިޔޭގެ ހުންނާނެ ކަމުގެ ޔަޤީންކަމާއި އެކުއެވެ.
ދޮހޮއްކޮބެ ބުނާފަދައިން މިދުނިޔެއަކީ ފިނިފެންމަލުގެ ތަންމައްޗެކެވެ. ދުނިޔޭގައި އުޅޭއިރު އަޑިގަނޑާއި އުސްގަނޑާ ކުރިމަތިލާން ޖެހެއެވެ. ނިދާނެ އެދެއް ވިދާ ހެދުމެއް އެ ކައްވަޅަކަށް ނުގެންދެވެއެވެ.
މި ދުނިޔޭގައި ސަލާމަތްވެވެން އޮތީ އަޅުކަމާއި ރިވެތި އަޚްލާގުގެ މަތީހައެވެ. ކެތްތެރިކަމާއި އޯގާތެރިކަމާއި ތެދުވެރިކަމާއި، ހިތްހެޔޮކަމާއި، ދީލަތިކަމާއި، އިޚްލާސްތެރިކަމާއިއެކީ އުޅެގެންނެވެ.
ދޮހޮއްކޮބޭގެ މި ލަވައަކީ އިބުރަތުން ފުރިގެންވާ ނަސޭހަތެކެވެ. ރާއްޖޭގެ ސިޔާސީ ކަންތަކާއިމެދު ވިސްނާލި ބަޔަކަށްވެސް ދޮހޮއްކޮބޭގެ މި ލަވައިން ވަރަށްގިނަ މާނަ ނެގިގެންދާނެއެވެ. ވެރިންނަށް ހުޝާމަދު ކުރުމަށްފަހު ޖެހިގެން އަންނަދުވަހު ފެންނަނީ އަދާވާތްތެރިގެން ގޮތުގައެވެ. ލިބުނު ބޮޑެތި ނަފާތަކުން އިސާހިތަކު ބޮޑު މުއްސަނދިކަމެއްލިބި ދެން ފެންނަނީ ޖެހިގެން އަންނަދުވަހު އަތުގައި ދައިގަންތަނެވެ.
މަތިވެރި ﷲ ދޮހޮއްކޮބެގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކުރައްވާށި. އާމީން