މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ހުޅުވާލައިފި އެވެ.
އެ ކައުންސިލުން އިސްތިއުފާ ދެއްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އެވެ.
މިމެމްބަރު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމުގަައެވެ.
މި ގޮތުން މެންބަރުކަމުގެ މަގާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން، މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފޯމް ހުށައަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
މީޑިއާ ކައުންސިލުގެ އިންތިހާބީ ކޮންމެ މެމްބަރެއްގެ ވެސް ދައުރަކީ 2 އަހަރެވެ. އަދި އެއްވެސް މެމްބަރަކަށް ވިދިވިދިގެން 2 ދައުރުގައި މެމްބަރު ކަމުގެ މަގާމުގައި ނުހުރެވޭނެއެވެ.