ފެންޑާ
ބޭނުންކުރާ ފޮތި މާސްކު، ދުވާލަކު އެއްފަހަރު ދޮންނަން ޖެހޭ

ކޯވިޑް19 އިން ރައްކާތެރިވުމަށް ސަރުކާރުން މާސްކު އެޅުން މަޖުބޫރު ކުރި ހިސާބުން ގެއިން ބޭރާށްދާ ކޮންމެ ފަހަރަކު މާސްކު އަޅައިގެން އުޅުމަށް މިއަދު ދިވެހިން މިވަނީ އާދަ ވެފައެވެ. އެހެން ނަމަވެސް، ރާއްކާތެރިކަމަށް އަޅާ މާސްކު ގެ އެތެރެފުށް އޮންނަނީ ޖޫރިމަނާއިން ސަލާމަތްވުމުގެ ނިޔަތެވެ. ގިނަ ދިވެހިން މިއަދު ބޭނުން ކުރަމުން އަންނަނީ ތަފާތު ޑިޒައިންތަކުގެ ފަސޭހަ ފޮތި މާސްކެވެ. ނަމަވެސް ރައްކާތެރިވުމަށް އަޅާ ފޮތި ފޭސް މާސްކް ބޭނުންކުރާއިރު، މާސްކްގެ ރަނގަޅަށް ދޮވެ ސާފު ކަންމަތީ ބެހެއްޓުން އެންމެނަކަށް އެހާ ފަސޭހަކަމަކަށް ނުވެއެވެ.

ފޮތި މާސްކް ބޭނުން ކުރުމުގައި ހެދޭ އެންމެ ބޮޑު އެއް ގޯހަކީ، ގަވާއިދުން މާސްކް ނުދޮވުމެވެ. އެމެރިކާގެ ޑާމެޓޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޝާލީން ވިދާޅުވި ގޮތުގައި މަދުވެގެން ދުވާލަކު އެއް ފަހަރު ފޮތި މާސްކް ދޮންނަން ޖެހެއެވެ.

ކޮވިޑް-19 ވައިރަސް މީހެއްގެ ހަށިގަނޑުގައި ހުރިނަމަވެސް ބަލީގެ އަލާމާތްތައް ނުފެނިވެސް ހުރެދާނެކަން ފާހަގަކޮށް ޝާލީން ވިދާޅުވީ އެފަދަ މީހަކު މާސްކް ނާޅާހުރެ ތިމާގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާއިރު، ނުވަތަ ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޑްރޮޕްލެޓްސް ތިމާ އަޅައިގެން ހުރި މާސްކަށް ވާސިލުވާ ކަމަށެވެ.

ކޮންމެ ދުވަހަކުވެސް މާސްކް ދޮންނަން ޖެހޭއިރު، މާސްކް ތެމިއްޖެނަމަ ނުވަތަ ހަޑިވެއްޖެ ނަމަވެސް މާސްކް ދޮންނަން ޖެހެއެވެ. އަދި އަތް ހަޑިކޮށް ހުއްޓާ މާސްކްގައި އަތް ލެވިއްޖެނަމަވެސް މާސްކް ދޮންނަން ޖެހެއެވެ.

ސިއްހީ ބައެއް މާހިރުން ވިދާޅުވާ ގޮތުން ބައެއް މީހުން މާސްކް ދޮންނަނީ ހަމައެކަނި ފެނުންނެވެ. ނަމަވެސް ޑިޓަޖެންޓެއް ފަދަ އެއްޗެއް ބޭނުންކޮށްގެން މާސްކް ދޮވުމަށާއި މާސްކް ދޮވުމަށް ހޫނު ފެން ބޭނުން ކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ސިއްހީ ބައެއް މާހިރުން ވަނީ ލަފާ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!